ރައީސް ޔާމީންގެ މައްސަލަ ބަލާ ބެންޗުން ގާޒީ އަލީ ރަޝީދު ވަކިކުރުމަށް ގޮވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން ދައުވާގެ ޝަރީއަތް ކުރިއަށް ގެންދިޔުމަށް މިހާރު އުފައްދާފައިވާ ބެންޗުން ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ވަކިކުރުމަށް އިދިކޮޅު ފަރާތްތަކުން މިއަދު ގޮވާލާއިފިއެވެ.އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުއްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އަމިއްލަ ފަރާތަކުން ޖޭއެސްސީއަށް އަލީ ރަޝީދުގެ މައްސަލައެއް ހުށަހަޅާފައި އޮންނަތާ ހަފްތާއެއްހާ ދުވަސްވެފައިވާއިރު އެ މައްސަލަ ބަލަން ޖޭއެސްސީއިން ނޫޅޭތީ ކަންބޮޑުވާ ކަމަށެވެ. މީގެ އިތުރުން އަދުރޭ ވިދާޅުވީ ގާޒީ އަލީ ރަޝީދާއި ގުޅޭގޮތުން ވަރަށް ގިނަ ވާހަކަތައް އަޑުއިވެމުންދާ ކަމަށެވެ. އަދި އެކަންކަމާއި މެދު ޕްރޮގްރެސިވް ކޯލިޝަނުން ކަންބޮޑުވާކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. އަބަދުއްރަހީމް ވަނީ މިހާރުން މިހާރަށް ގާޒީ އަލީ ރަޝީދު އެ މައްސަލަ ބައްލަވާ ބެންޗުން ވަކިކުރުމަށް ގޮވާލައްވާފައެވެ. އަދި އެއީ މިވަގުތަށް މަސްލަހަތުވެސް އެންމެ ރަނގަޅުގޮތް ކަމަށް ވިދާޅުވިއެވެ. "ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާތުގައި އަލީ ރަޝީދު ވިދާޅުވި ކަމަށްވޭ ރައީސް ޔާމީން ކޮންމެހެން ޖަލަށްލާން ޖެހޭނޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.ގާޒީ އަލީ ރަޝީދުގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅިފައިވަނީ އަލީ ރަޝީދު ފަނޑިޔާރުންގެ ޤާނޫނުގެ 29 ވަނަ މާއްދާއާއި ހިލާފަށް ރާއްޖެޓީވީއަށް އެމަނިކުފާނު އިންޓަވިއު ދެއްވި މައްސަލައެކެވެ. އެމަނިކުފާނު އިންޓަވިއު ދެއްވީ މިހާރު ސަސްޕެންޑު ކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ނެރުއްވި ނޫސްބަޔާނެއްގައި ރައީސް އަބްދުﷲ ޔާމީނު ޖަލަށްލުމަށް ހުކުމް އިއްވާނެ ކަމުގެ ކަށަވަރުކަން ދިނުމަށް ބައެއް ފަރާތްތަކުން ނުފޫޒު ފޯރިވި ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ. ގާޒީ އަލީ ރަޝީދު ވިދާޅުވީ އޭނާ ހައްދަވަނީ އިތުރުފުޅެއް ކަމަށެވެ. ގާޒީ އަލީ ރަޝީދު ވިދާޅުވީ، ހައިލަމް އަށް ބަޔަކު ނުފޫޒޯ ފޯރުވިކަން އެނގިވަޑައިގެންފައިނުވާ ކަމަށެވެ.ރައީސް ޔާމީންގެ ޝަރީއަތުގެ އަޑު އެހުން ތާވަލް ކުރެވިފައިވަނީ 17 ނޮވެމްބަރަށެވެ. އަދި މި އަޑު އެހުމުގައި ޝަރީއަތް ދެން ކުރިއަށް ގެންދާނެ ގޮތަކާއި މެދު ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
100 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އާދަމް
ތިޔަބުނާ އަލީ ރަސީދު ބެންޗުން ނަގާނީ ކިހިނެތް އެ އީ އެމް.ޑީ.ޕީ އިން ވަކިގޮތަކަށް ޔާމީނުގެ މައްސަލަ ނިންމަން އެ ބެންޗަށް ލީ މީހެއް.
REPLY
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ