ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޕީޕީއެމްއަށް ސޮއި ކުރައްވައިފި

މިނިވަން މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް މެންބަރު ކަމަށް ހޮވިވަޑައިގެންނެވި ހުސެއިން މުހައްމަދު ލަތީފް ޕީޕީއެމް އަށް ސޮއި ކުރައްވައިފިއެވެ.
މިހާރު ކާނިވާ ސަރަހައްދުގައި ކުރިއަށްދާ ޕީޕީއެމްގެ ޖަލްސާގައި ހުސައިން ވަނީ ޕީޕީއެމް އަށް ސޮއި ކުރެއްވުމަށް ފަހު އޭނާގެ ފޯމް ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ހަވާލުކުރައްވާފައެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަން ސްޓޭޖަށް އަރާވަޑައިތުމަށްފަހު މެމްބަރު ހުސެއިން ވަނީ "ސަޕްރައިޒެއް" ދޭން ބޭނުންފުޅު ކަމަށާއި ޖަލްސާގައި ހާޒިރުވެވަޑައިގެން އިންނެވި ކުރީގެ ރައީސް ޔާމީންގެ އަރިހުގައި ސްޓޭޖަށް ވަޑައިގަތުމަށް އެދިލެއްވިއެވެ. ޔާމީން ސްޓޭޖަށް އަރާވަޑައިގަތުމުން ހުސެއިން ވަނީ އޭނާގެ މެމްބާޝިޕް ފޯމު ޔާމީނާއި ހަވާލުކުރައްވާފައެވެ.
ހުސައިން 2014 ވަނަ އަހަރު ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެ ވަޑައިގެންނެވީ ވެސް ޕީޕީއެމްގެ ޓިކެޓްގައެވެ. ނަމަވެސް މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބު ނާކަމިޔާބު ވުމުން އޭނާ ވަނި ޕީޕީއެމް އާއި ފެއަށް ޖެހިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ