އުމަރު ހައްޔަރުކުރަން އަމުރު ނުދިން މައްސަލަ އިސްތިއުނާފަށް

ޕީޕީއެމްގެ ނާއިބު ލީޑަރު އުމަރު ނަސީރު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނުދިނުމުން އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ. ހައި ކޯޓުގައި އޮތް ޝަރީއަތް އާންމުކޮށް ހުޅުވާލައިގެން މިރޭ ފެށުމަށް ފަހު، އުމަރު ހައްޔަރުކުރުމަށް  ކްރިމިނަލް ކޯޓުގައި އެދުނު ގޮތް ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ހުށަހަޅަމުން ގޮސް ވަކި ހިސާބަކުން ޝަރީއަތުން ވަނީ އެކަން ހުއްޓުވައިފަ އެވެ. ޝަރީއަތުން އެކަން ހުއްޓުވީ ހައްޔަރުކުރުމުގެ އަމުރުގައި، ހައްޔަރުކުރަން ބޭނުންވާ މީހާގެ ނަން ކިޔަން ފެށި ހިސާބުންނެވެ. އެހެންވެ ނަން ސިއްރުކުރަން ބޭނުންވާތީ އާއި ތުހުމަތުތައް ހިމެނޭތީ ޝަރީއަތް ކުރިއަށް ގެންދާނެ ގޮތެއް ކަނޑައެޅުމަށް އެ ހިސާބުން ޝަރީއަތް މެދުކަނޑާލީ އެވެ.ފުލުހުންނާއި ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ހާޒިރުވި ޝަރީއަތް މެދުކަނޑާލުމަށް ފަހު ދެން ކުރިއަށް ގެންދަން ނިންމީ ސިއްރުކޮށްގެންނެވެ. ޝަރީއަތް އަލުން ފަށައިގެން ގޮސް އަޑުއެހުންތައް ނިންމާލީ ނޫސްވެރިން ނުވައްދަ އެވެ.  ފުލުހުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އުމަރު ފުލުސް އޮފީހަށް ވެސް ހާޒިރުކޮށްފަ އެވެ. އުމަރު އެ ދުވަހު ވިދާޅުވީ ފުލުހުން ސުވާލުކުރީ
މުޒާހަރާ، ހަރަކާތަކަށް ބަދަލުކުރާނެ ކަމަށް ވިދާޅުވެ އޭނާ
ވާހަކަދައްކަވާފައިވާތީ އެކަމާ ބެހޭގޮތުން ކަމަށެވެ. ނަމަވެސް އެކަމާ
ބެހޭގޮތުން ވާހަކަދެއްކެވޭނީ ފުލުހުންނަށް ހުށަހަޅުއްވާފައިވާ ދެ
މައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބެއް ނުވަތަ އެ ދެ މައްސަލައިގެ ކޭސް
ނަމްބަރު ބުނެދިނުމުން ކަމަށް ފުލުހުން ގާތު އެދިވަޑައިގެންނެވި ކަމަށް
އުމަރު ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ