އަބްދުﷲ ހާޒިރު ކުރަނީ ގާނޫނާ ހިލާފަށް މަދަނީ އިއްތިހާދު ހަދައިގެން އުޅޭތީ: ހޯމް މިނިސްޓްރީ

އިސްލާމްދީން ހިމާޔަތްކުރުމަށް ގޮވާލައި މި މަހުގެ 23 ގައި މަދަނީ އިއްތިހާދުން އިސްނަގައިގެން ބާއްވާ މުޒާހަރާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވާ އަބްދުﷲ މުހައްމަދު ހާޒިރު ކުރަނީ، ކުލަބު ޖަމިއްޔާތަކާ ބެހޭ ގާނޫނާ ހިލާފަށް، މަދަނީ އިއްތިހާދު ހަދައިގެން އުޅޭތީ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު ވިދާޅުވީ ކުލަބު ޖަމިއްޔާތަކާ ހިލާފަށް މަދަނީ އިއްތިހާދު ހަދައިގެން މަސައްކަތް ކުރާތީ، އެކަމުގެ ޝަކުވާ ލިބިވަޑައިގަންނަވާ ކަމަށެވެ.
މާހިރު ވިދާޅުވީ ހޯމް މިނިސްޓްރީއަށް ހާޒިރުވުމަށް އަބްދުﷲ އަށް ލިޔުމަކުން އަންގަވާފައިވާނެ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށަހަޅުއްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަދަނީ އިއްތިހާދުން އިންތިޒާމްކޮށްގެން ބާއްވާ މުޒާހަރާގެ ވެބްސައިޓުގައި، މީހުން މެރުމަށް ހިތްވަރުދީފައިވާ ޝިއާރުތަކެއް ޝާއިއު ކުރުމާ ގުޅިގެން އަބްދުﷲ އާއި އަދާލަތު ޕާޓީގެ ރައީސް ޝޭހު އިމްރާން އަބްދުﷲ ވަނީ މި ހަފުތާގައި ފުލުސް އޮފީހަށް ވެސް ހާޒިރު ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ