މޫސުން ގޯސް ވެއްޖެ، ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓު!

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓު ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން މި އެލާޓު ނެރުނީ ހއ އަތޮޅުން ފެށިގެން މ އަތޮޅަށެވެ. އިރުއޮއްސި 6:00 އިން މިރޭ 10:00އަށް ނެރުނު އެލާޓުގައި ބޯކޮށް ވާރޭ ވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.
އަދި ވިލާގަނޑުގައި، ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަ ވާނެ ކަމަށް ވެސް މެޓުން ލަފާ ކުރެއެވެ.
 
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ރެއިން ފެށިގެން ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެމުން ދިޔައެވެ. އެގޮތުން އެލާޓް ނެރެފައި ވަނީ، އުތުރުގެ ރަށްތަކަށާއި މެދުރާއްޖެތެރޭގެ ރަށްތަކަށެވެ.
މެޓުން އެންމެ ފަހުން ވައިޓު އެލާޓް ނެރެފައި ވަނީ ޅ. އަތޮޅުން ފެށިގެން މ. އަތޮޅުގެ ރަށްތަކާ ދެމެދަށެވެ.
 
އެގޮތުން މިއަދު 16:45 އިން ފެށިގެން 22:45 އާ ހަމައަށް ނެރުނު އެލާޓުގައި ބުނެފައިވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ