ސްކޫލް ބަންދުގައި ޕީޖީ މުވައްޒަފުން އެއް ދުވަހު ގޭގައި

ކުރިއަށް އޮތް ސްކޫލު ޗުއްޓީއާ ދިމާކޮށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މުވައްޒަފުން ހަފުތާއަކު ހަތަރު ދުވަހު އޮފީހުގައި މަސައްކަތްކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
މިގޮތަށް ހަމަޖެއްސީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން މެއި 31 އާ ހަމައަށެވެ. އެގޮތުން މުއްދަަތުގެ ތެރޭގައި ރަސްމީ މަސައްކަތުގެ ފަސް ދުވަހުގެ ތެރެއިން މުވައްޒަފުން އެއް ދުވަހު މަސައްކަތް ކުރާނީ ގޭގައެވެ.
މިގޮތަށް ނިންމައި ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމު މުވައްޒަފުންނަށް ފޮނުއްވި މެޖެސެއްގައި ބުނެފައި މަސައްކަތުގެ ގަޑިތަކަށް ބަދަލު ގެނައުމުގެ ބޭނުމަކީ ސްކޫލު ޗުއްޓީގައި އާއިލާ އާއި ލޯބިވާ މީހުންނާއެކު ގިނަ ވަގުތު ހޭދަކުރެވޭނެ ފުރުސަތު މުވައްޒަފުންނަށް ހޯދައި ދިނުން ކަމަށެވެ.
ކުރިން ވެސް ޕީޖީ އޮފީހުން މި އުސޫލަށް އަމަލު ކުރެ އެވެ. އެގޮތުން މިދިޔަ ރޯދަ މަހު ވެސް މުވައްޒަފުން މަސައްކަތްކޮށްފައި މި އުސޫލުގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ