އުމަރަކީ ޝަރަފުވެރި ނަޒާހަތްތެރި ބޭފުޅެއް: މައުމޫން

ހޯމް މިނިސްޓަރުގެ މަގާމުން ކުއްލި ގޮތަކަށް ރޭ އިސްތިއުފާ ދެއްވި އުމަރު ނަސީރަކީ ޝަރަފުވެރި ނަޒާހަތްތެރި ބޭފުޅެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު އުމަރަށް ތައުރީފްކުރައްވައިފި އެވެ.
މައުމޫން މީގެ އިރުކޮޅެއްކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އުމަރު ނަސީރަކީ ޝަރަފުވެރި އަދި ނަޒާހަތްތެރި ބޭފުޅެއް" ކަމަށެވެ. އަދި އޭނަ އަށް ފުރިހަމަ ސިއްހަތަކަށާއި ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށް މައުމޫން ވިދާޅުވެފައިވެ އެވެ.
@UmarNaseerPPM is a man of honour and integrity. I wish him good health and success.— Maumoon Abdul Gayoom (@maumoonagayoom) June 22, 2016
މައުމޫން ކުރެއްވި ޓުވީޓްޕީޕީއެމްގެ ރައީސް މައުމޫން އުމަރަށް ތައުރީފްކުރެއްވި އިރު، މައުމޫނާއި އުމަރު ވަނީ ޕްރައިމަރީއަކާ ނުލައި 2018 ވަނަ އަހަރުގެ ރިއާސީ ޓިކެޓް ރައީސް އަބްދުﷲ ޔާމީނަށް ދެއްވުމާ ދެކޮޅު ހައްދަވައިފަ އެވެ.
ހޯމް މިނިސްޓަރުގެ މަގާމުން އުމަރު ކުއްލި ގޮތަކަށް ރޭ އިސްތިއުފާ ދެއްވި ސަބަބެއް އަދި އެނގިފައެއްނުވެ އެވެ. ނަމަވެސް އުމަރު އިސްތިއުފާދެއްވި ފަހުން ފުލުހުން ވަނީ ނޫސްކޮންފަރެންސެއް ބާއްވައި، 11 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެ އިން ފެނުނު ފިސްތޯލަ އިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ