މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ސަރަހައްދުތަަކަށް އޮރެންޖް ސަމާލު ނެރެފި

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން ވައިގަދަވާނެކަމަށް ލަފާކޮށް އޮރެންޖު އެލާޓް ނެރެފިއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އައްޑޫ ސިޓީން ފެށިގެން ފުވައްމުލަކު ސިޓީއާ ހަމައަށް އޮރެންޖު އެލާޓް ނެރެފައިވާއިރު ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި، ގުގުރާ އަދި ފެންބޮޑުވާނެކަމަށް ލަފާކުރެވޭކަމަށެވެ.
އައްޑޫ ސިޓީން ފެށިގެން ފުވައްމުލަކާ ހަމައަށް އޮރެންޖު އެލާޓް ނެރެފައިވާއިރު މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ނ.އަތޮޅުން ފެށިގެން ދ.އަތޮޅާ ހަމައަށް ރީނދޫ އެލާޓް ވެސް ނެރެފައެވެ.
މީގެ އިތުރުން މޫސުމާ ބެހޭ އިދާރާއިން ވަނީ ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް ވައިގަދަވެ ކަނޑުތައްވެސް ގަދަ ވާނެކަމަށް ލަފާކޮށްފައެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެކަމަށާއި ދަތުރު ކުރުމުގައި މޫސުމަށް ސަމާލުވެލެއްވުމަށް މޫސުމާ ބެހޭ އިދާރާއިން އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ