އެމެރިކާގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ބަހުރައިންގައި އޮންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ ފިފްތު ފްލީޓަށް އަމާޒުކޮށް ވަރުގަދަ ޑްރޯން ހަމަލާއެއް ދީފައިވާ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އިން ބުދަ ދުވަހު އިއުލާންކޮށްފިއެވެ.
މި ހަމަލާތަކާ ގުޅޭ އިތުރު ޚަބަރުތައް ބުނާގޮތުން، އެމެރިކާގެ އަސްކަރިއްޔާއިން މައިގަނޑު ގޮތެއްގައި އަމާޒު ހިފާފައިވަނީ ހޮރްމުޒް ކަނޑުއޮޅި ކައިރީގައި ހުރި އީރާނުގެ ވައިގެ ދިފާއީ ނިޒާމުތަކަށާއި ރާޑަރު މަރުކަޒުތަކަށެވެ.
މީގެ އިތުރުން އިސްރާއީލުން ފަލަސްތީނުގެ ސަރަހައްދުތަކަށާއި ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި އެމެރިކާއިން ފާޅުގައި އިސްރާއީލަށް ވާގިވެރިވުމަކީވެސް މި ސަރަހައްދުގެ ހަމަނުޖެހުން ބޮޑުވެގެންދިޔަ ކަމެކެވެ. އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ސަރުކާރުން ހިންގާ އަސްކަރީ އޮޕަރޭޝަންތަކަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރާއި މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، އީރާނުން ދެކޭގޮތުގައި އެމެރިކާއަކީ މުޅި މެދުއިރުމަތީގެ ހަމަޖެހުން ނަގާލަން މަސައްކަތްކުރާ މައިގަނޑު ބާރެވެ. މި ސަބަބާހުރެ އީރާނުން ވާގިވެރިވާ ސަރަހައްދީ ހަތިޔާރުއެޅި ޖަމާއަތްތަކުންވެސް ދޭތެރެއަކުން އެމެރިކާގެ މަގާމުތަކަށް އަމާޒުކޮށް ހަމަލާތައް ފޮނުވަމުންދެއެވެ.
ބަހުރައިންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ