ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ނަމުގައި މި ސަރުކާރުން އުފައްދާފައިވާ އޮފީސް ހިންގުމަށް މިނިސްޓަރުން ފެންވަރުގައި ޑރ. މުހައްމަދު މާހިދު ޝަރީފް އައްޔަނުކޮށްފި އެވެ.
ރައީސް އޮފީހުގެ ދަށުން ހިންގާ އެ އިދާރާގެ ވެރިޔަކަށް އޭނާ އައްޔަނުކުރީ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ސިޓިޒަންސް ކޮމްޕްލެއިންޓްސްގެ މަގާމަށެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ މެއި 18، ގަ އެވެ.
އޭނާ ވަނީ ސަރުކާރުގެ އެކި ވުޒާރާތަކުގެ ޕާމަނަންޓް ސެކްރެޓެރީކަމާއި، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ވައިސް ޗާންސެލަރުކަން އަދާކުރައްވާފަ އެވެ.
ކޮމްޕްލެއިންޓްސް ބިއުރޯއާ ހަވާލުވުމުގެ ކުރިން އޭނާ ހުންެނެވީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ގެ ސީއީއޯގެ މަގާމުގަ އެވެ.
ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ އެކި ޕްލެޓްފޯމްތަކުގެ ޒަރިއްޔާއިން ރައްޔިތުން ހުށަހަޅާ ޝަކުވާ މެނޭޖްކޮށް ޖަވާބުދިނުން ކަމަށެވެ.
އެ ބިއުރޯއަށް ޝަކުވާ ހުށަހެޅުމަށް 24 ގަޑިއިރު ހިދުމަތް ދޭ ކޯލް ސެންޓަރެއް ގާއިމުކުރާނެ އެވެ.
މިނިސްޓަރުންގެ ފެންވަރުގައި އައްޔަނުކޮށްފައި ތިބި 12 ބޭފުޅުން ރައީސް އޮފީހުގައި އެބަތިއްބެވި އެވެ. މިއީ ފެހި ގާނޫނުއަސާސީގެ ފަހުން އުފެދުނު ސަރުކާރުތަކުގެ ތެރެއިން އެންމެ އެފަދަ މަގާމު ގިނަ ސަރުކާރެވެ.
ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ ހިންގަން މިނިސްޓަރުން ފެންވަރުގައި މާހިދު ޝަރީފު އައްޔަނުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ