ޑީޖީޖީ އާއި މިނީސޯ ގުޅިގެން ކުރިއަށްގެންދާ "ގެސްދަ ސްކޯ" ގައި އަގުހުރި އިނާމުތަކެއް

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި މިނީސޯ ގުޅިގެން ފީފާ ވޯލްޑް ކަޕްގެ މެޗުތަކުގެ
ނަތީޖާ ދިމާކޮށްގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭ "ގެސް ދަ ސްކޯ" ޕްރޮމޯޝަނެއް ފަށައި އެވެ. 
މި ޕްރޮމޯޝަނުގައި ބައިވެރިވާ މީހުން މެޗުތަކުގެ ނަތީޖާ ދިމާކޮށްގެން
ޕޮއިންޓް ހޯދައިގެން ލީޑާ ބޯޑުގެ ކުރިއަށް އެރުމަށް ވާދަކުރެވޭއިރު، ލީޑާ ބޯޑުގެ
އެންމެ މަތީ ވަނަތަކަށް ހޮވޭ މީހުންނަށް އަގުހުރި އިނާމުތަކެއް ވަނީ
ހުށަހަޅައިފަ އެވެ.
އިނާމުތަކުގެ ތެރޭގައި މިނީސޯއިން ހުށަހަޅާފައިވާ މުޅި ދުނިޔެއިން ވެސް ލިބެން ހުރި އެންމެ 2,026 ކަލެކްޓިބަލްގެ ތެރޭގައި ހިމެނޭ "ލިމިޓެޑް އެޑިޝަން 2026 ފުޓްބޯލް ކަލެކްޓިބަލް" އެއް ހިމެނެ އެވެ. އޭގެއިތުރުން "ޓީ.ޓީ ރޭސިންގް" ގޭމިންގް ޗެއާ އާއި އެހެނިހެން އަގުހުރި އިނާމުތައް ވެސް މި ޕްރޮމޯޝަނުގައި ހިމެނެ އެވެ.
ބޮޑެތި އިނާމުތަކުގެ އިތުރުން، ކޮންމެ ހަފުތާއަކު ވެސް ގުރުއަތުން ހޮވޭ
ނަސީބުވެރިއަކަށް މިނީސޯގެ 1,000ރ. ގިފްޓް ވައުޗަރެއް ލިބުމުގެ ފުރުސަތު ވަނީ
ހުޅުވައިލައިފަ އެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ބޭނުންވާ މީހުން ޑީޖީޖީ ގައި ރަޖިސްޓްރީކޮށް، ސޮނީ ސްޕޯޓްސް ލޯޔަލްޓީ ޕްރޮގްރާމް ގައި
ބައިވެރިވުމަށްފަހު، މެޗުތަކުގެ ނަތީޖާ ދިމާކޮށްގެން ލީޑާބޯޑުގެ ކުރި ހޯދުމަށް
ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
ދިރާގު ގޭމާސް ގިލްޑުން ދަނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އާ
ތަޖުރިބާތައް ފޯރުކޮށްދީ، ފުޓްބޯޅަ ފަދަ ކުޅިވަރުތަކުގެ ތެރެއިން މުޖުތަމައުގެ
ގުޅުން ބަދަހިކުރުމަށް މި ފަދަ އެކި ހަރަކާތްތައް ހިންގައި، ބައިވެރިވާ
ފަރާތްތަކަށް އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ފަހިކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ