ހައްޔަރު ކުރުމުން ފިލި މީހަކު، ތަހްގީގު ނިމެންދެން ބަންދުކޮށްފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލި 18 އަހަރުގެ ޒުވާނަކު، ތަހްގީގު ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލާގައި ބަންދުކޮށްފައިވަނީ ދ.ކުޑަހުވަދުއަށް ނިސްބަތްވާ ޒުވާނެކެވެ. ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައިވާ ގޮތުން، މި ޒުވާނާއަކީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލައިގެން ގޮސްފައިވާ މީހެކެވެ. އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ކޯޓުގައި ވިދާޅުވި ގޮތުގައި، އޭނާ ވަނީ ތަކުރާރުކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައެވެ. އަދި ބަންދުގައި ހުއްޓާ އެ ތަނުން ނުދިއުމަށާއި އެއީ މަނާކަމެއްކަން ފުލުހުން އޭނާއަށް އަންގާފައި ވަނިކޮށް، އޭނާ ވަނީ ފުލުހުންގެ މަރުކަޒުން ނުކުމެގެން ގޮސްފައެވެ.
ކޯޓު އަމުރުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ މުވައްޒަފުންގެ މަސައްކަތަށް ހުރަސްއެޅުމަކީ ސީރިއަސް މައްސަލައެކެވެ. އޭނާ ގަސްދުގައި ގާނޫނު ހިންގުމަށް ހުރަސްއަޅާފައިވާ ކަމަށް ބެލެވޭ ސަބަބުތައް ހުރި ކަމަށް ވެސް ކޯޓުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ