ފުލުހުންގެ ހައްޔަރަށް ގެންގޮސްފައި ހުއްޓާ ޕޮލިސް ސްޓޭޝަނުން ފިލި މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
ވީ ކިހިނެއް؟ - މި މައްސަލާގައި ޝަރީއަތް ނިމެންދެން އިއްޔެ ބަންދުކުރީ 18 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ކޯޓުގައި ބުނެފައިވަނީ، އޭނާ ފުލުހުންގެ ހައްޔަރަށް ގެންގޮސްފައި ވަނިކޮށް، ޕޮލިސް ސްޓޭޝަނުން ނުކުމެގެން ދިޔައީ އެއީ މަނާކަމެއްކަން ތަކުރާރުކޮށް އަންގާފައިވަނިކޮށް ކަމަށެވެ.
ތަފްސީލް - އޭނާގެ ބަންދު އަމުރުގައި ބުނެފައިވަނީ:
ކޯޓު އަމުރެއްގެ ދަށުން މައްސަލައެއްގެ ތަހުގީގަށް ފުލުހުންގެ ބެލުމުގެ ދަށުން ހައްޔަަރުގައި އިންދައި ޕޮލިސް ސްޓޭޝަނުން ފިލައިގެންގޮސްފައިވޭ
އެކަން އޭނާކުރީ، ފުލުހުންގެ ހައްޔަރަށް ގެންގޮސްފައިވަނިކޮށް އެތަނުން ނުދިއުމަށާއި އެއީ މަނާކަމެއްކަން ތަކުރާރުކޮށް އަންގާފައިވަނިކޮށް
އޭނާ ފުލުހުންގެ އަމުރަށް ތަކުރާރުކޮށް ނުކިޔަމަންތެރިވެ، ފުލުހުންގެ މަސައްކަތަށް ހުރަސް އަޅައި އިތުރު ބަޔަކާ އެކު ފުލުހުންގެ މަރުކަޒުގައި ހަރަކާތްތެރިވެފައިވޭ
މިކަންކަން ފުލުހުން ހުށަހަޅާފައިވާ ސީސީޓީވީ ފުޓޭޖުތަކުން ކަށަވަރުކުރެވޭ
ފުލުހުންގެ މަސައްކަތަށް ހުރަސްއަޅައި ގާނޫނު ތަންފީޒުކުރަން ގަސްތުގައި ހުރަސްއަޅައި ގާނޫނު ތަންފީޒުކުރާ މުވައްޒަފުންގެ މަސައްކަތަށް ހުރަސްއެޅުމަކީ ސީރިއަސް ކަމެއް
މީނާއާ ފުލުހުންގެ އިދާރާއަށް ގެންދިޔައީ ކޮން މައްސަލައެއްގައި ކަމެއް ބަންދު އަމުރުގައި ފާހަގަކޮށްފައެއްނުވެ އެވެ.
ފުލުހުންގެ ހައްޔަރުން ފިލި މީހަކު ޝަރީއަތް ނިމެންދެން ބަންދަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ