ލ. ގަމުގައި ކަރަންޓުގައި ޖެހުނު ކުއްޖާ އިތުރު ފަރުވާއަށް މާލެއަށް

ލ. ގަމުގައި ކުއްޖަކު ކަރަންޓުގައި ޖެހިގެން މާލެއަށް ގެނެސް އިތުރު ފަރުވާ ދޭން ފަށައިފި އެވެ.
ތަފްސީލު - ފުލުހުން މިއަދު ބުނީ ގަމުގައި 14 އަހަރުގެ ފިރިހެން ކުއްޖަކު ކަރަންޓުގައި ޖެހިގެން އުޅޭކަމުގެ ރިޕޯޓު ލިބުނީ ރޭ 11:15 ހާއިރު ކަމަށެވެ.
އެ ހާދިސާގައި އަނިޔާވި ކުއްޖާއަށް ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް އިތުރު ފަރުވާއަށް މިއަދު ހެނދުނު 8:15 ހާއިރު މާލެއަށް ވަނީ ގެނެސްފަ އެވެ.
އެ ކުއްޖާގެ ހާލަތާއި ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ. ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ