ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެމްބަރުން ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަނުގެ 12 ގޮނޑީގެ ތެރެއިން 8 ގޮނޑި ސަރުކާރު ހިންގާ ޕީއެންސީއަށް ލިބިއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން މިއިންތިޚާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް 8 ގޮނޑި، އިދިކޮޅު އެމްޑީޕީއަށް 2 ގޮނޑި، އަމިއްލަ ގޮތުން ވާދަކުރި ފަރާތްތަކަށް 2 ގޮމޑި ވަނީ ލިބިފައެވެ.
ނ.ލަންދޫ ކައުންސިލް މެމްބަރުގެ ގޮނޑިއާއި، ލ.ގަމު، ގއ.ކަނޑުހުޅުދޫ، ހދ.ހިރިމަރަދޫ، ތ.ބުރުނީ، ބ.ގޮއިދޫ، ރ.އިންނަމާދޫ އަދި ނ.ފެހެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންގެ ގޮނޑިތައްވަނީ ޕީއެންސީން ކާމިޔާބުކޮށްފައެވެ.
އަދި އދ.ހަންޏާމީދުއާއި ނ.މިލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. އަދި ހދ.މަކުނުދޫ ކައުންސިލްގެ ގޮނޑިއާއި ދ.ހުޅުދެލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިވަނީ އަމިއްލަ ގޮތުން ވާދަކުރި ފަރާތްތަކުން ކާމިޔާބުކޮށްފައެވެ.
މިފަހަރު ބައި-އިލެކްޝަން ބޭއްވުމަށް ޖުމްލަ 33 ގޮނޑިއަކަށްވަނީ ހުޅުވާލާފައެވެ. ނަމަވެސް މީގެތެރެއިން 21 ގޮނޑިއަށް އެންމެ ކެނޑިޑޭޓަކު ވާދަކުރުމާއި ގުޅިގެން އެކެނޑިޑޭޓުންވަނީ އިންތިޚާބަކާ ނުލައި ގޮނޑި ކާމިޔާބުކޮށްފައެވެ. އިންތިޚާބު ބާއްވާފައިވަނީ 12 ރަށެއްގައެވެ. އެއީ 2 ރަށެއްގެ ކައުންސިލް އަދި 10 ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކެވެ.
ބައި-އިލެކްޝަންތަކުގެ ނަތީޖާ: ޕީއެންސީއަށް 8، އެމްޑީޕީއަށް 2، މިނިވަން ކެނޑިޑޭޓުންނަށް 2
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ