މިއަދުގެ ބައި-އިލެކްޝަންގައި ޕީއެންސީން ހޯދި ކާމިޔާބީއަށް ރައީސްގެ މަރުހަބާ!

ބާރަ ރަށެއްގެ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް މެމްބަރުން ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަނުގައި ވާދަކޮށް ސަރުކާރު ހިއްސާވާ ޕާޓީ ޕީއެންސީން ހޯދި ކާމިޔާބީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފިއެވެ. މިއަދުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ ދެ ރަށެއްގެ ކައުންސިލް މެންބަރުން ހޮވުމަށާއި 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރުން ހޮވުމަށެވެ. އެއީ: ހދ. މަކުނުދޫ ކައުންސިލް މެންބަރު ނ. ލަންދޫ ކައުންސިލް އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި ހދ. ހިރިމަރަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ނ. މިލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ނ. ފޮއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ރ. އިންނަމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ބ. ގޮއިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އދ. ހަންޏާމީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ދ. ހުޅުދެލި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ލ. ގަން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ތ. ބުރުނި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ގއ. ކަނޑުހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބު ކާމިޔާބުކޮށް އެ ޕާޓީން ހޯދި ކާމިޔާބީ ފާހަގަކުރައްވާފައި ވަނީ ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. https://x.com/MMuizzu/status/1888266462038757778 އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ވަނީ ލޯކަލް ކައުންސިލްތަކުގެ ބައި އިލެކްޝަންގައި މިއަދު ބާއްވަން ކަނޑައެޅި 37 ގޮނޑީގެ ތެރެެއިން އިންތިޚާބަކާ ނުލައި 24 ގޮނޑި ޕީއެންސީން ކާމިޔާބު ކުރި ކަމަށެވެ. އަދި މިއަދު ބޭއްވި އިންތިޚާބުން ނުވަ ގޮނޑި އެ ޕާޓީން ކާމިޔާބު ކުރުމަކީ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ރައީސް ވަނީ ލިޔުއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ