ރައްޔިތުންނަށް ޖަވާބުދާރީވުމާއި، މިނިވަން މީޑިއާގެ ވެއްޓެއް ދެމެހެއްޓުން މުހިއްމު- މަޖިލިހުގެ ނައިބްރައީސް އިންތިޚާބު ކާމިޔާބު ކުރި ކެންޑިޑޭޓުންނަށް ރައީސް މަރުޙަބާ ދަންނަވައިފި ލަގްޒަރީ ކްރޫޒް ޝިޕްގައި އައްޑޫއަށް އައި ފަތުރުވެރިންނަށް ހޫނުމަރުހަބާއެއް ފު

އަތޮޅުގައި ލިބެން ހުރި ސިއްޙީ ފަރުވާގެ ނިޒާމުގެ ދޯދިޔާކަމުން ފުރާނަ ގެއްލިގެން ދިޔަ ލޯބިވާ އަނބިމީހާގެ ހައްގުގައި އަތޮޅުގެ ހޮސްޕިޓަލަށް ރަނގަޅު ގޮތެއްވުން އެދޭކަމަށް މިއަދު ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި، ޝިއުނާގެ ފިރިމީހާ ޝިފާޒް ޒާހިރު ގޮވާލައިފިއެވެ.
ޝިއުނާގެ މަރުގެ ޙާދިސާއާއި ގުޅިގެން މިއަދު ވިލިނގިލީގައި ކުރިއަށް ގެންދިޔަ ސުލްހަވެރި އިހްތިޖާޖުގައި ވާހަކަދައްކަމުން ޝިފާޒް ބުނީ އަންހެނުންނާއި ދަރިފުޅަށް ދިމާވި ފަދަ ހާދިސާއެއް އެހެން މީހަކަަށް ދިމާވާން ބޭނުން ނުވާ ކަމަށެވެ.
އެ އިހުޖާޖުގައި ޝިއުނާގެ ފިރިމިހާ ވަނީ އެ ރޭ ކަން ހިނގައިދިޔަ ގޮތް ވަރަށް ތަފުސީލުކޮށް ކިޔައިދީފަ އެވެ. ޝިފާޒު ބުނިގޮތުގައި، އެ ދެމައިން ނިޔާވީ ސިޒޭރިއަނަށް ފަހު ހާލު ގޯސްވެ، އެ މީހުން މާލެ ނުގެނެވި ފަރުވާ ލިބުން ލަސްވުމުގެ ސަބަބުންނެވެ. ޝިއުނާ ނިޔާވީ މާލެ ގެންނަން ކޫއްޑޫ އެއާޕޯޓުގެ ރަންވޭ މަތީގައި ތިއްބަ އެވެ. ދަރިފުޅު ނިޔާވީ މާލެ ގެނައި ފަހުންނެވެ.
“އަޅުގަނޑުގެ އެދުމަކީ އަތޮޅު ހޮސްޕިޓަލުގެ ޚިދުމަތްތައް ފުރިހަމަވުން. އަޅުގަނޑުގެ އަންނުންނާއި ދަރިފުޅު ދެން މި ދުނިޔެއަކަށް ނާންނާނެ. އެކަމަކު އެ ދެމައިންގެ ހައްގުގައި ވެސް އަޅުގަނޑު އެދެނީ ގއ. އަތޮޅު ހޮސްޕިޓަލްގެ ފެންވަރު ރަނގަޅު ކުރަން. އިތުރު މީހަކަށް މިފަދަ ކަމެއް މެދުވެރި ނުވުމަށް” ޝިފާޒު ބުނެފައިވެއެވެ.
ރޮމުން އިހުތިޖާޖުގައި ޝިފާޒް ގޮވައިލީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންނާއި އެންއައިސީޔޫ ގާއިމުކުރުމުގެ އިތުރުން ވިލިނގިލީ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު ކުރުމަށް ހަރުދަނާ ޑޮކްޓަރުން ގެނެސް، ތަނުގެ ހިދުމަތް ރަނގަޅު ކޮށްދިނުމަށެވެ.
އެ މައްސަލާގައި ހެލްތު މިނިސްޓްރީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ގއ. އަތޮޅު ހޮސްޕިޓަލުގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވެ، ހިތާމަކުރާ ކަމަށެވެ. އެކަން ހިނގައިދިޔަ ގޮތުގެ ރިވިއުއެއް ހަދަމުން އަންނަ ކަމަށާއި އޭގައި ހުރިހާ ކަމެއް ވަރަށް ތަފްސީލުކޮށް އަދި ފުންކޮށް ބަލައި، ފިޔަވަޅުތައް އަޅާނެ ކަމަށް ބުންޏެވެ.
އެ ދެ މައިން ނިޔާވި މައްސަލަ ފުލުހުންވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ