މަސީން ނޫރްއައިންގެ ކާމިޔާބީ ފާހަގަކޮށްފި

ނޫރްއައިން ވަނީ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ޔަނަގް ގްލޯބަލް ލީޑާސްގެ ލިސްޓުގައި ހިމެނިފަ އެވެ. މި ލިސްޓުގައި ދުނިޔޭގެ މަޝްރޫއު އެތައް ބަަޔަކު ހިމެނެ އެވެ.
ދުނިޔޭގެ ވިޔަފާރީގެ އެންމެ ނުފޫޒުގަދަ އެއް ޖަމިއްޔާ ކަމަށްވާ ވޯލްޑް އިކޮނޮމިކް ފޯރަމުން ހޮވާ ޔަނަގް ގްލޯބަލް ލީޑާސް ( ވައިޖީއެލް) ގެ ލިސްޓުގައި އައިޝާ ނޫރްއައިން ޖަނާހު ހިމެނުމާ މަސީން އެކަން ފާހަގަކޮށްފި އެވެ. 
ރާއްޖޭގެ ގައުމީ ކޮންސްޓްރަކްޝަން ޖަމިއްޔާ، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން ބާސެލޯސް ނަސަންދުރަ ހޮޓެލްގައި އިއްޔެ ބޭއްވި ހަފުލާއެއްގައި ނޫރްއައިންގެ ކާމިޔާބީ ފާހަގަ ކުރަން ބޭއްވި ހަފުލާގައި އެ ޖަމިއްޔާގެ ކޮމިޓީގެ މެމްބަރުން ބައިވެރިވެފައިވެ އެވެ.  މި ކާމިޔާބީ ފާހަގަކޮށް ހިންގާ ކޮމިޓީގެ ފަރާތުން ނޫރްއައިން އަށް ޕްލާކް ހަވާލުކޮށް ދެއްކީ އެ ޖަމިއްޔާގެ ނައިބު ރައީސް ޢަބްދުﷲ ސޯލިހު އެވެ. ނޫރްއައިންއަކީ މަސީގެ އެކްސްކޯގެ މެންބަރެކެވެ. 
ނޫރްއައިން ހިމެނިފައިވަނީ ދުނިޔޭގެ ވިޔަފާރީގެ އެންމެ ނުފޫޒުގަދަ އެއް ޖަމިއްޔާ ކަމަށްވާ ވޯލްޑް އިކޮނޮމިކް ފޯރަމުން ހޮވާ ޔަނަގް ގްލޯބަލް ލީޑާސް ( ވައިޖީއެލް) އަކީ ދުނިޔޭގައި ތިބި ޒުވާން ނުފޫޒުފަދަ ޒުވާނުން ހިމެނޭ ލިސްޓުގަ އެވެ. މި ލިސްޓުގައި ދުނިޔޭގެ މަޝްހޫރު އެތައް މޫނެއް ހިމެނެ އެވެ. ނުފޫޒު ފަދަ ޒުވާން އެތައް ލީޑަރުންނެއް ހިމެނެ އެވެ. މި އަހަރުގެ ލިސްޓުގައި ވެސް 100 އަށްވުރެ ގިނަ ލީޑަރުން ހިމޭއިރު މި އަހަރު ތައިލެންޑުގެ ބޮޑު ވަޒީރު ޕެޓޮންގްޓަރން ޝިނާވަޓްރާ އާއި ދެކުނު އެފްރިކާގެ ބޭސިކް އެޑިއުކޭޝަން މިނިސްޓަރު ސިވިވޭ ގްވާރޫބޭ އާއި ސިއެރެލިއޯންގެ މިނިސްޓަރު އޮފް އިންފޮމޭޝަން ކޮމިއުނިކޭޝަން މިނިސްޓަރު ހާޖާ ސަލީމަތު ބާހް ވެސް ހިމެނެ އެވެ. އަދި ދުނިޔޭގެ ސުލްހައިގެ އިނާމު ލިބިފައިވާ އެތައް މޫނުތަކެއްގެ އިތުރުން 500 އަށްވުރެ ގިނަ ކުންފުނީގެ އިސްވެރިން ވެސް ހިމެނެ އެވެ. 
ރާއްޖޭގެ މާކެޓިން ކުންފުނި އެމްއެމްޕީއާރުސީގެ ޗެއާމަންކަން ވެސް ކުރެއްވި އަދި ދުނިޔެއާއި ރާއްޖޭގައި ލަގްޒަރީ ޓޫރިޒަމް ތަރައްގީކޮށް ހިންގާ ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް މޯލްޑިވްސް (ހަރިމް) ކުންފުނި ހިންގުމުގައި އިސް ދައުރެއް އަދާ ކުރައްވާ އައިޝާ ނޫރްއައިން މި ލިސްޓުގައި ހިމެނުމަކީ މީހުން ބިނާކުރުމާއި ތިމާވެއްޓާއި ސަގާފަތާއި އާދަކާދަ ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ ދާއިރާ އިން ރާއްޖެ އަށް ލިބިގެން ދިޔަ ކުރިއެރުމެކެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ