މި އީދާއި ގުޅިގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އުފާފާޅުކުރުމުގެ ނަމުގައި ހިންގި މުންކަރާތްތަކާއި ގުޅިގެން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު މުހައްމަދު އިޔާޒް އަބްދުލްލަތީފް ވަރުގަދަ ސުވާލުތަކެއް ކުރިމަތި ކުރައްވައިފި އެވެ.
މިއީ މި ފަހުގެ ތާރީހެއް ގައި ރާއްޖޭގެ ގިނަ ރަށްތަކެއްގައި ދީނުގެ އިމުން ބޭރުވެ އީދުގެ އުފާ ފާޅުކުރުމުގެ ނަމުގައި އެންމެ ގިނައިން އެންމެ ބޮޑަށް މުންކަރާތް ހިންގި އަހަރެވެ.
އަދާލަަތު ޕާޓީގެ އިލްމުވެރީންގެ މަޖިލީހުގެ ނާއިބު ރައީސްކަން ވެސް ކުރައްވާ އިޔާޒް ވަނީ އިސްލާމީ އުސޫލުތަކާއި އެއްގޮތަށް އީދު ފާހަގަ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ ކެބިނެޓްގެ ވަރުވަރުގެ ވަޒީރުންނާއި އެލްޖީއޭ އިން ވެސް އެވަރަށް ގޮވާލާފައިވަނިކޮށް އީދުގެ ނަމުގައި ވަރަށް ގިނަ މުންކަރާތްތަކެއް ހިނގަމުންދާތަން ފެންނަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
އަދި އެހެން އެކަން ދިމާވި ގޮތާމެދު ގިނަ ސުވާލުތަކެއް ކުރެއްވި އެވެ.
"...ސުވާލަކީ ރަޢްޔިތުން ސަރުކާރުގެ ބަސް އަޑުނޭހީތޯ؟ ނޫންނަމަ ސަރުކާރުން ގޮވާލި ގޮވެލިތަކަކީ ބޭރުފުށް އޮމާންކުރަން ބުނެލި ބަސްތަކެއްތޯ؟ ނޫންނަމަ ތިންބާރު މުށުތެރެއަށް ލެވުނީމާވެސް ކަންކަން އިސްލާހުކޮށް، މުންކަރާތް ހުއްޓުވުމަށް ރައީސް މުޢިއްޒު ނުކުޅެދުނީތޯ؟," އިޔާޒް ސުވާލު ކުރައްވާފައިވެ އެވެ.
އީދުގައި ހިންގި މުންކަރާތްތަކާއި ގުޅިގެން ޑރ. އިޔާޒްގެ ވަރުގަދަ ސުވާލުތަކެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ