ޕޮލިސް ކޮމިޝަނަރުގެ މަގާމަށް މިހާރު ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީން އާއި ކުރީގެ އެކްޓިން ސީޕީ ފަރުހާދު ފިކުރީ އަދި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމް ކުރިމަތިލައްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ދިން މުއްދަތު މިއަދު މެންދުރު 12:00 އަށް ހަމަވިއިރު، އެ މަގާމަށް ކުރިމަތިލެއްވީ އެ ތިން ބޭފުޅުން އެކަންޏެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ޕޮލިސް ކޮމިޝަނަރު ކަމަށް ބޭފުޅަކު ކަނޑައަޅަނީ ގާނޫނުގައިވާ ގޮތުން އެ މަގާމަށް ކުރިމަތިލާ މީހުންގެ ފެންވަރު، ޕޮލިސް ބޯޑުން ވަޒަންކޮށް ނުވަތަ އިންޓަވިއު ކުރުމަށް ފަހު، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
އަންހެނުންނަށް ޚާއްޞަ ލޯނު “ފަށާ މަދަދު”ގެ ދެވަނަ ފިޔަވައްސަށް ޖޫން 15 ގައި ހުޅުވާލަނީ އެހީގެ ސާމާނު ބަހާ މަރުކަޒެއް ކައިރިން ޣައްޒާގެ 31 މީހުން ޝަހީދު ކޮށްލައިފި ޓެގް އަޅުވައި ދޫކޮށްލީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ ބައެއް ސިފައިންގެ މައި މަރުކ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ