ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއް އުފައްދަވާފައިވާކަން ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިއުލާން ކުރައްވައިފި އެވެ.
ހަތްވަނަ މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނީޝިއޭޓިވް ސަމިޓުގެ ހާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން، ސަމިޓުގެ ކޮމިޓީ ބައްދަލުވުމުގައި ސާޖިދާ ވިދާޅުވީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއަށް އުފެއްދެވީ އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދުމަށް ހާއްސަކޮށް ކަމަށެވެ.
މެކް ފައުންޑޭޝަނުގެ ފަރާތުން، ރާއްޖޭގެ ސިއްހީ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް ގާތުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އަގުވަޒަންކުރައްވާކަން ހާމަކުރައްވާ އެކަމަނާ ވިދާޅުވީ ޖަމިއްޔާއެއް އުފައްދެވީ މެކް ފައުންޑޭޝަންގެ މަސައްކަތްތަކުން ހިތްވަރު ލިބިވަޑައިގެން ކަމަށެވެ.
އެ ކޮމިޓީ ބައްދަލުވުމުގައި ސާޖިދާ ވަނީ މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެކަމަނާގެ އިސްނެންގެވުމުގެ މަތިން ހިންގަވާފައިވާ ހަރަކާތްތަކާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއްވެސް ހިއްސާ ކުރައްވާފަ އެވެ.
މިދިޔަ އަހަރު ޓެންޒޭނިއާގައި ބޭއްވި މެކް ފައުންޑޭޝަންގެ އެފްރިކާ އޭޝިއާ ލޫމިނަރީގެ 11 ވަނަ އަހަރީ ކޮންފަރެންސްގައި ވެސް ސާޖިދާ ބައިވެރިވަޑަައިގަތެވެ. ސާޖިދާއަކީ އެ ފައުންޑޭޝަނުން ހަމަޖައްސާފައިވާ "މޯ ދެން އަ މަދާ" އެމްބެސެޑަރެކެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ސަދަގާތް ފައުންޑޭޝަންގެ ނަމުގައި ޖަމިއްޔާއެއް އުފެއްދެވި އެވެ. އެ ފައުންޑޭޝަނަށް ސަރުކާރުގެ އެސްއޯއީތަކުން އޭރު ފައިސާ ދިންއިރު، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެތައް ކަމެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވުނެވެ.
ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ސާޖިދާ އުފައްދަވައިފި ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ސާޖިދާ އުފައްދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ