ފާއިތުވި ދެ އަހަރުގެ ނަތީޖާއިން މަތީ އަރުތަވެރީންގެ އިނާމު 1800 ދަރިވަރުންނަށް
ފާއިތުވި ދެ އަހަރުގެ އޯލެވެލްއާއި އޭލެވެލް އިމްތިހާނުން އެންމެ މަތީ މާކްސް ލިބިގެން ގަދަ 10ގައި ހިމެނުނު ދަރިވަރުންގެ އަދަދު 1800 އަށްވުރެ ގިނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި މައުލޫމާތުގައި ވަނީ، 2023 އާއި 2024އަށް މި އަހަރު 'މަތީ އަރުތަވެރީންގެ އިނާމު' ދޭއިރު، އެ އިނާމު 1800އަށް ވުރެ ގިނަ ކުދިންނަށް ދޭނެ ކަމަށެވެ. އެ ކުދިންނަށް އިނާމު ދިނުމުގެ ރަސްމިއްޔާތުތައް އޮންނާނީ މާދަމާއި ޖެހިގެން އަންނަ އާދިއްތަ ދުވަހު، ފަސް ދަންފަޅިއަށް ބަހާލައިގެންނެވެ. އެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ ސޯޝަލް ސެންޓަރުގައި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އެ ރަސްމިއްޔާތުގައި އޯލެވެލް އަދި އޭލެވެލްއިން އެއްވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، އޭލެވެލްއިން އެއްވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސޮކޮލާޝިޕްގެ އިތުރުން އޭ ފާސް ނުވަތަ އެއަށްވުރެ މަތިން ހޯދާ ދަރިވަރުންނަށް ދޭ ހައިއެޗީވާސް ސްކޮލާޝިޕް ހަވާލުކުރުން އޮންނާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ