ސަރުކާރުން ޕްލޭންކޮށްފައިވާ ގޮތަށް، ސެންޓްރަލް ޖަލު އަޅަންދެން، ހުޅުމާލެ ޖަލާއި އިންވެގެން އޮތް ބިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބޭނުމަށް ވަގުތީ ގޮތުން ދީފި އެވެ.
ސަރުކާރުން ޕްލޭންކޮށްފައިވާ ގޮތަށް، ސެންޓްރަލް ޖަލު އަޅަންދެން، ހުޅުމާލެ ޖަލާއި އިންވެގެން އޮތް ބިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބޭނުމަށް ވަގުތީ ގޮތުން ދީފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވީ، ސަރުކާރުން ރާވާފައިވާ ގޮތަށް އުތުރުތިލަފަޅުގައި ސެންޓްރަލް ޖަލު އަޅާ ނިމި، ހުރިހާ ޖަލެއް އެތަނަށް ބަދަލުކުރެވެންދެން ހުޅުމާލޭ ޖަލާ އިންވެގެން އޮތް ބިން ކަރެކްޝަނަލް ސާވިސްގެ ބޭނުމަށް ބޭނުންކުރަމުން ދިއުމަށް މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީ އަދި ކަރެކްޝަންސްއާ އެކު މަޝްވަރާކޮށް، މިހާރު އެއްބަސްވެފައިވާ ކަމަށެވެ.
އިހުސާން ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ، ޖަލުތަކަށް ކުރާ ހަރަދު ކުޑަކުރުމާއެކު، ދެވޭ ހިދުމަތުގެ ފެންވަރު މަތިކޮށް މައްސަލައަށް ދާއިމީ ހައްލެއް ގެނައުމެވެ.
ގާތްގަނޑަކަށް 3،000 މީހުން ބޭތިއްބޭ ގޮތަށް އުތުރު ތިލަފަޅުގައި ސެންޓްރަލް ޖަލެއް އިމާރާތްކޮށް، އެހެން ހުރިހާ ޖަލުތަކެއް ބަންދުކުރަން ނިންމާފައިވާ ކަމަށް އިހުސާން ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ސެންޓްރަލް ޖަލު އެޅެންދެން ކަރެކްޝަންސަށް ވަގުތީ ގޮތުން ބިމެއް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ