ޓްރީ ޓޮޕާއި އިންޑިއާ ހައިކޮމިޝަން ގުޅިގެން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ހިންގައިފި ޓްރީ ޓޮޕާއި އިންޑިއާ ހައިކޮމިޝަން ގުޅިގެން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ހިންގައިފި

ދުނިޔޭގެ ލޭ ހަދިޔާ ކުރުމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލާއި އިންޑިއަން ހައި ކޮމިޝަން ގުޅިގެން މިއަދު ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.
އެ ހަރަކާތުގައި އިންޑިއާގެ ހައި ކޮމިޝަނަރު ޝްރީ ޖީ ބާލަސުބްރަމާނިއަމް އާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އަދި ޓްރީ ޓޮޕްގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ ބައިވެރިވެވަޑައިގެންނެވި އެވެ.
ލޭ ހަދިޔާ ކުރުމަށް ބޭއްވި ހަރަކާތުގައި ޑރ. ސްރިވަޓްސަން ވިދާޅުވީ ލޭ ހަދިޔާކުރުމަކީ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ މަތިވެރި ކަމެއް ކަމަށާއި މުޖުތަމައުގައި އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިވުމުގެ މުހިންމުކަން ލޭ ހަދިޔާކުރުމުގެ ހަރަކާތުން ފާހަގަކޮށްދޭ ކަމަށެވެ.
މިއީ މި އަހަރު އިންޑިއަން ހައި ކޮމިޝަނުން ލޭ ހަދިޔާކުރުމުގެ ހަރަކާތެއްގައި ބައިވެރިވި ދެވަނަ ފަހަރު ކަމަށްވާއިރު، އެކަމުން ދިވެހިންނަށް ބޭނުންޖެހޭ ވަގުތުތަކުގައި އެހީތެރިވުމަށް ކުރާ މަސައްކަތް ހާމަވެގެންދާ ކަމެއް ކަމަށް އިންޑިއަން ހައިކޮމިޝަނުން ބުންޏެވެ.
ދުނިޔޭގެ ލޭ ހަދިޔާކުރާ ދުވަހަކީ ލޭ ހަދިޔާކުރުމުގެ މުހިއްމުކަމާމެދު އާންމުން ހޭލުންތެރިކުރުވުމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަނުން ކަނޑައަޅާފައިވާ ދުވަހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ