އައްޑޫ ހިތަދު އާއި ހުޅުމީދޫ ގުޅާލާ ބްރިޖާ ގުޅޭ މަސައްކަތްތަކަށް ފަންނީ ލަފާ ދޭނެ ބަޔަކު ހޯދަން ކުރި އިއުލާނާ ގުޅިގެން ލިބުނު ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރަން ފަށާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ގާތްގަނޑަކަށް ދޮޅު އަހަރަށް ފަހު މިއަދު ރައީސް ނޫަސްވެރިންނާ ބައްދަލު ކުރައްވާއިރު ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ގެންދަވަނީ ސަރުކާރުގެ ވައުދުތަކާއި މަޝްރޫއުތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަމުންނެވެ.
ތަފްސީލް - އެ ޕްރެޒެންޓޭޝަނުގައި އައްޑޫ ބްރިޖުގެ މަސައްކަތާ ގުޅޭ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ ޓެންޑަރަށް ހުށަހެޅޭވަރުގެ ތަފްސީލީ އިންޖިނިއަރިން ޑިޒައިނެއް މި ސްކޯޕުގެ ތެރެއިން ހެދޭނެ ކަމަށެވެ.
އައްޑޫ ހިތަދު އާއި ހުޅުމީދޫ ގުޅާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އެ ބުރިޖު ޑިޒައިންކޮށް، ފީޒިބިލިޓީ ސްޓަޑީ ހެދުމުގެ މަސައްކަތް މިސްރުގެ ސަރުކާރު ކުންފުންޏެއް ކަމަށްވާ 'ދަ އެރަބް ކޮންޓްރެކްޓާޒް'އާ ހަވާލުކޮށްގެން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މިހާރު ކުރިއަށްދާ ބްރިޖު މަޝްރޫއުތަކުގެ އިތުރު ތަފްސީލް
ތިލަމާލެ ބްރިޖުގެ %51 ނިމިއްޖެ
ތިލަފުށިން ގިރާވަރުފަޅާ ހަމައަށް އަދި އުތުރުތިލަފަޅާ ހަމައަށް ގުޅާލާ ބްރިޖުގެ ޕްރީ ފީޒިބިލިޓީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އޭއައިއައިބީ އިން ކުރި އިއުލާނާ ގުޅިިގެން ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ޓެކްނިކަލް އިވެލުއޭޝަން މިދިޔަ މަހުގެ 30ގައި ނިމިއްޖެ
ކާޑެއްދޫ-ތިނަދޫ ބްރިޖުގެ ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯސަލް ތައްޔާރުކުރުމަށް ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކާ އެކު އެމްއޯޔޫގައި ސޮއިކުރުމަށް އިކޮނޮމިކް ކައުންސިލުން ވަނީ ހުއްދަ ދީފައި
އައްޑޫ ބްރިޖު: ފަންނީ ލަފާދޭނެ ބަޔަކު ހޮވަން އިވެލުއޭޓު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ