މޫސުން ގޯސްވުމުން ސިފައިންގެ ޝަރަފުގެ ހިނގާލުން ކެންސަލްކޮށްފި

ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ޝަރަފުގެ ހިނގާލުން މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލް ކޮށްފި އެވެ. އެމްއެމްޑީއެފުން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ކެންސަލް ކުރި ސިފައިންގެ ޝަރަފުގެ ހިނގާލުން ފަހުގެ ތާރީހަކަށް ފަސްކޮށްފައިވާ ކަމަށެވެ. ޝަރަފުގެ ހިނގާލުން ދެން ބާއްވާނެ ސީދާ ދުވަހެއް އެމްއެންޑީއެފުން ހާމައެއް ނުކުރެ އެވެ. Miadhu Hulhumale' gai beyvvumah hamajehifaivaa sharafuge hingaalun moosun goas vumuge sababun fahuge thaareehakah fas kurevijje — MNDF (@MNDF_Official) April 22, 2016 އެމްއެންޑީއެފުން މީގެކުރިން ނިންމާފައި ވަނީ އެ މުއައްސަސާގެ 124ވަނަ އަހަރީ ދުވަހުގެ ޝަރަފުގެ ހިނގާލުން މިއަދު ހަވީރު 4:40ގައި ހުޅުމާލޭގައި ފަށާ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ