ޝެއިޚް އަދުނާންގެ ދަރުސްތައް ފަށައިފި، ދަރުސް އޮންނާނީ މަސްޖިދުލް އީމާންގައި

ޒިންބާބުވޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަދުނާން މެންކުގެ ޚާއްސަ ސިލްސިލާ ދަރުސްތަކެއް މަސްޖިދުލް އީމާންގައި ފަށައިފިއެވެ.
އަލް ޢަސްރު ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މި ސިލްސިލާ ދަރުސްތައް އިއްޔެ ފަށާފައިވާއިރު، މި ދަރުސްތައް އޮންނާނީ ކޮންމެ ދުވަހަކު އަސުރު ނަމާދަށްފަހު ހުޅުމާލޭ ފޭސް 2 ގައި ހުންނަ މަސްޖިދުލް އީމާންގައެވެ.
އިނގިރޭސި ބަހުން ދެއްވާ މި ސިލްސިލާ ދަރުސްތަކުގައި މިފަހަރު ޝެއިޚް އަލިއަޅުވާލައްވާނީ އަހަރެމެންގެ ލޮބުވެތި ރަސޫލާ މުހައްމަދު ﷺ ގެ ހަޔާތްޕުޅުން ލިބިދޭ ޢިބުރަތްތަކުގެ މައްޗަށެވެ.
މި ހުރިހާ ދަރުހެއް ވޮއިސް މެދުވެރިކޮށް ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، އަންނަ ހުކުރު ދުވަހު، މަސްޖިދުލް އީމާންގައި ހުކުރު ޚިތުބާ ވިދާޅުވާނީވެސް ޝެއިޚް އަދުނާން މެންކު ކަމަށް އަސްރުން މައުލޫމާތު ދެއެވެ.
ޢަސްރުން މީގެ ކުރިން ވަނީ ޒިންބާބުވޭއަށް ނިސްބަތްވާ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އިބްރާހިމް މެންކު ވެސް ރާއްޖެ ގެނެސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ