އޮއިވަރު މެންޓަލް ހެލްތު ރިސާޗް ކޮންފަރެންސްގެ ބޭންކިން ޕާޓްނަރަކީ ބީއެމްއެލް

އޮއިވަރު މެންޓަލް ހެލްތު ރިސާޗް ކޮންފަރެންސްގެ ބޭންކިން ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފި އެވެ. އޮއިވަރު މެންޓަލް ހެލްތު ރިސާޗު ކޮންފަރެންސް ބާއްވަނީ މޭ 16 އަދި 17ގައި ވިލާ ނޯޓިކާ ޕެރަޑައިސް އައިލެންޑް ރިސޯޓުގަ އެވެ.މި ކޮންފަރެންސްގެ މަގްސަދަކީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރުންނާއި ދިރާސާވެރިން އަދި މި ދާއިރާގެ އެކިއެކި ފަރާތްތަކާ އެކު ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ދިރާސާތަކާއި މަޝްވަރާތައްކޮށް މި ދާއިރާއިން ހޭލުންތެރިކަން އިތުރުކުރުމެވެ.ބީއެމްއެލްއިން ބުނީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ބޭންކް އޮފް މޯލްޑިވްސް އިން މުހިންމު އަހުމިއްޔަތުކަމެއްދީ ނަފްސާނީ ދުޅަހެޔޮކަމަށް މުޖުތަމައު ހޭލުންތެރި ކުރުވުމަށާއި ނަފްސާނީ ދުޅަހެޔޮކަން ހޯދުމަށް މަގުފަހިކޮށްދޭ ހަރަކާތްތަކަށް އެއްބާރުލުންދީ، މުޖުތަމައުތަކުގެ ދުޅަހެޔޮކަން ކުރިއަރުވަން އިސްކަން ދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ