ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ރިޓަޔާކުރައްވައިފި
މި ސަރުކާރުގެ ދެ ވަނަ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން, ގާތްގަނޑަކަށް 32 އަހަރުގެ ޚިދުމަތަށް ފަހު މިއަދު ފުލުހުންގެ މުއައްސަސާއިން ރިޓަޔާކުރައްވައިފި އެވެ.ނަވީން ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ 1994 ޖުލައި 7 ވަނަ ދުވަހުއެވެ. ފުލުހުންގެ ޚިދުމަތުގައި ހޭދަކުރެއްވި 32 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާތު އެކި ބަހާތަކުގައި މަސައްކަތް ކުރައްވާފައިވާފައިވެ އެވެ. ނަވީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މިއަދު ފެށުނު ރަމަޟާން މަހާއެކު، އޭނާގެ ރިޓަޔާމެންޓް ވެސް ފައްޓަވައިފައިވާ ކަމަށެވެ.ނަވީން ވަނީ އޭނާ ރިޓަޔާކުރައްވަނީ ގާތްގަނޑަކަށް 32 އަހަރު ފަހުންކަން ފާހަގަކުރައްވައި، އޭނާ ޚިދުމަތާ ދުރަށްޖެހިވަޑައިގަންނަވަނީ ވެސް، ޚިދުމަތާ ގުޅުނުއިރު ގެންގުޅުއްވި ގަބޫލުކުރުންތަކާއެކު ކަމަށް ވިދާޅުވެފައެވެ. އެގޮތުން އޭރު ވެސް ފުލުހުންގެ މުއައްސަސާއަށް ކުރި އިޙުތިރާމާއި، އިތުބާރާއި ގައުމަށް އޮތް ލޯތްބަށް ފަނޑުވުމެއް ނާންނަ ކަމަށް އޭނާ ވިދާޅުވިއެވެ.ނަވީން ވިދާޅުވީ ފުލުހެއްގެ ގޮތުގައި ޚިދުމަތް ކުރުމަކީ، ލިބިވަޑައިގަތް ޝަރަފެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ