ބީއެމްއެލްއިން ވީރަން މޯލްޑިވްސްގެ ދުވުން ބާއްވަން އެހީވަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 'ވީރަން މޯލްޑިވްސްއާ' އެކު ޕާޓްނަޝިޕެއް ގާއިމްކޮށްފި އެވެ.
ވީ ކިހިނެއް؟ - މި އެއްބަސްވުމަކީ ކުންފުނިތަކާއި މުއައްސަސާތަކާއި ޖަމިއްޔާތަކުގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމާއި ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމަށް ވީރަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ކޯޕަރޭޓް ރަންއަށް އެއްބާރުލުންދިނުމުގެ ގޮތުންވި އެއްބަސްވުމެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ތަފްސީލް - މި ޕާޓްނަޝިޕްގެ ދަށުން:
ކުރިއަށް އޮތް ދެ އަހަރު މި ހަރަކާތް އިންތިޒާމުކޮށް ކުރިއެރުވުމަށް ބޭންކުން ވީރަން މޯލްޑިވްސްއަށް އެހީތެރިކަން ފޯރުކޮށްދޭނެ
ވީރަން މޯލްޑިވްސް އިން ބާއްވާ ފުރަތަމަ ދުވުން މި އަހަރު ބާއްވާނެ
މި ހަރަކާތަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި މުއައްސަސާތަކާ އަދި ޖަމިއްޔާ ޖަމާއަތްތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ، ކޮންމެ ޓީމެއްގައި 5 ދުވުންތެރިން ހިމެނޭ، ކޮންމެ ދުވުންތެރިއަކު 1 ކިލޯމީޓަރު ދުވަންޖެހޭ ރިލޭ ރޭހެކެވެ.
މި ރޭހަކީ ކުޅިވަރުގެ ވާދަވެރިކަމާއި ކޯޕަރޭޓް ވަކިވަކި ސިފަތައް އެކުލެވޭ، ޓީމް ރޫހު ވަރުގަދަކުރުމަށާއި ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމަށް ލިބޭ ފުރުސަތެކެވެ.
ފާހަގަކޮށްލެވޭ - ބީއެމްއެލް އިން އަންނަނީ ގައުމީ ފެންވަރުގެ މަޝްރޫއުތަކާއި ސްޓްރެޓީޖިކް ޕާޓްނަޝިޕްތަކާއި ޒުވާނުން ބާރުވެރިކުރުވުމާއި މަސައްކަތުގެ މާހައުލުގައި ދުޅަހެޔޮކަން އިތުރުކުރުމާއި މުޅި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ