މާލޭގައި މިހާރު ކުރިއަށްދާ ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ނޭޕާލް 1-0 އިން ބަލިކޮށް ބަންގްލަދޭޝް އިން ޖެހިޖެހިގެން ދެ ވަނަ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ބަންގްލަދޭޝް ބަލިވީ ޕެނަލްޓީ ޖަހައިގެން އިންޑިއާ އަތުންނެވެ. ހުކުރު ދުވަހުގެރޭ ކުޅޭ ފައިނަލުގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅޭނެ ޓީމެއް އެނގޭނީ ދެ ވަނަ ސެމީ ފައިނަލުގައި މިރޭ އިންޑިއާ އާއި ބޫޓާން ބައްދަލުކުރާ މެޗުންނެވެ.
ބަންގްލަދޭޝާއި ނޭޕާލްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން މިއަދުގެ މެޗު ބަލަން ވަދެ، ދަނޑުގައި ސަޕޯޓަރުން ވައްދަން އޮތް ގާތްގަނޑަކަށް ހުރިހާ ޖާގައެއް ކަހަަލަ ގޮތަކަށް ފުރިފައި އޮތްއިރު، ގިނައީ ބަންގްލަދޭޝް ސަޕޯޓަރުންނެވެ. އެ ސަޕޯޓަރުންގެ ގަދަ އަޑާ އެކު، އެ ޓީމުން މެޗު ފެށީ ވެސް ވަރުގަދަ ކޮށެވެ. އެ ގޮތުން، ބަންގްލަދޭޝް އިން ވަނީ 11 ވަަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މިއީ، ކޯނަރެއްގައި އަވަސް ކުޅުމަކަށް ފަަހު، އޭރިއާތެރެއަށްނެގި ހުރަހަކުން އެމްޑީ މަނިކް ބޮލުން ޖެހި ގޯލެކެވެ.
ފުރަތަމަ ހާފުގައި ބަންގްލަދޭޝް އިން އިތުރު ދެ ގޯލު ޖެހިއިރު، އެ ދެ ލަނޑު ވެސް ކާމިޔާބުކުރީ އޮފްސައިޑް މަގާމެއްގައި ހުރެ ކަމަށްވާތީވެ، ގޯލު ބަލައިނުގަންނަން ނިންމި އެވެ. އޭގެ އިތުރުން ބަންގްލަދޭޝް އިން ފޮނުވާލި ރަނގަޅު ދެ ހަމަލާއެއް މި ހާފުގައި ނޭޕާލުގެ ކީޕަރު، ޕެމްބާ ނުރްބޫ ވަނީ މަތަކޮށްފަ އެވެ.
އެޓޭކަށް ޖެހިގެން ކުޅެ ނޭޕާލުން ވެސް ފުރަތަަމަ ހާފުގައި ފުރުސަތު ހޯދޭތޯ ބެލި ނަމަވެސް ގޯލާ ނުރައްކާ ކުރެވޭ ވަރުގެ ހަަމަލާތަކެއް ފޮނުވާނުލެވުނެވެ. އަނެއްކޮޅުން، މެޗުގެ ރެފްރީގެ ނިންމުންތަކާ މެދު ހިތްހަަަމަނުޖެހިގެން ބަންގްލަދޭޝްގެ ސަޕޯޓަރުން ވަނީ ދަނޑަށް ފުޅި އުކައިފަ އެވެ.
ފުރަތަމަ ހާފަށް ވުރެން ރަނގަޅަށް ނޭޕާލުން ދެ ވަަނަ ހާފުގައި ކުރިއަށްޖެހިގެން ކުުޅުނެވެ. އެ ޓީމުގެ ތަރި، ސުބާޝް ބަމް އަށް ދޭ ބޯޅަތައް ގިނަކޮށް އެޓޭކުގައި ކުރިއަށްދާން މަސައްކަތްކޮށްފަަ އެވެ. އެކަމަކު، ބަންގްލަދޭޝްގެ ކީޕަރު، އެމްޑީ އިސްމާއިލް ހުސެއިން އަށް ނުރައްކާ ކުރެވޭ ވަަރުގެ ހަމަލާއެއް ދިޔައީ ފޮނުވާނުލެވި އެވެ. އެ ގޮތުން، އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ނޭޕާލްގެ ބިގްޔާން ކަޑްކާ ފޮނުވާލި ބޯޅައެއް ބަންގްލަދޭޝްގެ ޑިފެންޑަރު، ޝެއިހް ސަންގްރާމް ވަނީ ބްލޮކްކޮށްފަ އެވެ.
ކައުންޓަ އެޓޭކުގައި ބަންގްލަދޭޝަށް ކުޅޭ އެމެރިކާ ދަރިކޮޅުގެ ފޯވާޑް، ރޮނަން ބެންޖަމިން ސުލިވަން އަށް ރަނގަޅު ބޯޅަތަކެއް ލިބުނު ނަމަވެސް ބޭނުމެއް ހިފޭގޮތެއްނުވި އެެވެ. އެ ގޮތުން، އޭރިއާތެރެއިން ލިބުނު ބޯޅައެއް ގޯލަށް ފޮނުވާލިއިރު، ނޭޕާލް ކީޕަރު ޕެމްބާ ނުރްބޭ ވަނީ މަތަކޮށްފަ އެވެ.
ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް: ނޭޕާލް ބަލިކޮށް ބަންގްލަދޭޝް އިން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް: ނޭޕާލް ބަލިކޮށް ބަންގްލަދޭޝް އިން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ