އަތޮޅުތަކުގެ ރަށްރަށުގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން މިހާތަނަށް 18 ރަށެއްގައި އެ ޚިދުމަތް ކާމިޔާބުކަމާއެކު ފަށައިފިއެވެ.
ހެލްތް މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި، މިއަހަރުގެ ތެރޭގައި ލެބޯޓަރީގެ ޚިދުމަތް މިހާތަނަށް ޤާއިމްކުރެވިފައި ނެތް 76 ރަށެއްގައި އެ ޚިދުމަތް ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
"2025 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން، 2026 ވަނަ އަހަރުގެ ބަޖެޓުގައި ރައީސުލްޖުމްހޫރިއްޔާ މިކަން ހަމަޖައްސަވާ މިއަށް ފައިސާ ދެއްވާ އަޅުގަނޑުމެންނާ މިކަން ހަވާލުކުރެއްވި ހިސާބުން 2025 ވަނަ އަހަރު ފަހުކޮޅުން ފަށައިގެން މިހުޅުވަނީ 18 ލެބޯޓަރީ،" މިނިސްޓަރު ވިދާޅުވިއެވެ.
އަތޮޅުތަކުގެ ރައްޔިތުން ފާހަގަކުރާ ގޮތުގައި، މިއީ އެފަރާތްތަކުން ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ޚިދުމަތެކެވެ.
މިހާތަނަށް 18 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ