އިންޑިއާ ބަލިކޮށް ރެކޯޑަކާއެކު ރާއްޖޭގެ ފުޓްސަލް ޓީމުން ފެންވަރު ދައްކާލައިފި

ތައިލެންޑްގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި އެއްބިލިއަންގެ އާބާދީއެއް އޮންނަ އިންޑިއާ ބަލިކޮށް ރާއްޖޭގެ ފުޓްސަލް ޓީމުން ފެންވަރު ދައްކާލައިފިއެވެ.
ތައިލެންޑްގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ރާއްޖެ އިންޑިއާގެ މައްޗަށް ކުރި ހޯދީ 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. މެޗްގެ ފުރަތަމަ ހާފްގައި ބޯލަ ހިފަހައްޓައި މެޗް ޑޮމިނޭޓްކޮށްފައިވަނީ އިންޑިއާގެ ޓީމުންނެވެ. ނަމަވެސް ރާއްޖޭގެ ޓީމުންވަނީ ފަހުން މެޗްގެ ކޮންޓްރޯލް ނަގައި އެންމެފަހުން ހަތަރު ލަނޑުގެ ތަފާތަކުން މޮޅުވެފައެވެ.
ފަހުން ރާއްޖެ ވަނީ މުޅި މެޗްގެ ކޮންޓްރޯލް ހޯދައި ރީތި ލަނޑުތަކެއް ޖަހާފައެވެ.
މެޗްގައި ރާއްޖެއަށް ގޯލް ހުޅުވާލަދިނީ، ފުރަތަމަ ހާފްގެ 8 ވަނަ މިނެޓްތެރޭގައި ކެޕްޓަން މުހައްމަދު އިމްރާނެވެ. ދެވަނަ ލަނޑު ޖަހާފައިވަނީ 18 ވަނަ މިނެޓް ތެރޭގައި ހުސައިން ޝަރީފެވެ. ތިންވަނަ ލަނޑު އަލީ ޝަމާލް ޢަބްދުﷲ ކާމިޔާބުކޮށްދިން އިރު ހަތަރުވަނަ ލަނޑު ޖަހައިދިނީ، މެދުރޮނގާ ހިސާބުން ލިބުނު ބޯޅަ ވަރަށް ހަމަޖެހިލައިގެން ގޯލްތެރެއަށް ފޮނުވާލައިގެން ކެޕްޓަމް އިމްރާނެވެ.
މުބާރާތުގައި ރާއްޖެ ވަނީ މިހާތަނަށް ކުޅުނު ތިންމެޗުވެސް ކާމިޔާބުކޮށް ގިނަ ގޯލްތަކެއް ޖަހާފައެވެ.
މެޗްގައި ރާއްޖެއިން ޖެހި ފަހު ލަނޑު ކާމިޔާބުކޮށްދިނީ، އަހުމަދު ހަމީދެވެ. މެޗުން ލިބުނު ތިން ޕޮއިންޓާއެކު ރާއްޖެ މިހާރު އޮތީ 9 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައެވެ. ރާއްޖެ އެއްވަނާގައި އޮތީ ފައިދާ 16 ގޯލާއެކުގައެވެ.
މިއަދުގެ މެޗް ރާއްޖެއިން ކާމިޔާބުކުރުމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ކުރަމުންއައި އުއްމީދު ވަނީ ވަރަށްބޮޑަށް އައުވެފައެވެ. މުބާރާތުގެ މިހާހިސާބަށް އާއިރު ރާއްޖެއަށް އެންމެ އުނދަގޫވާނެ މެޗެއްގެ ގޮތުގައި ބެލެވުނީ، އިންޑިއާ މެޗެވެ. ނަމަވެސް މިއަދުގެ މެޗްގައި ރާއްޖޭގެ ޓީމްގެ ރޭވުންތެރިކަން ފެނިގެންދިޔައީ މާބޮޑަށްވެސް ތަފާތުކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ