ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ވެސް ފެންނަމުން އަންނަނީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ރައްޔިތުން ވޯޓް އަޅާނެ މަންޒަރު ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން އެމްޑީޕީން އަތޮޅުތަކަށް ފަށާފައިވާ ދަތުރުތަކުގެ ތެރެއިން ފައްޔާޒް އިސްކޮށް ހުންނަވައިގެން ރ. އަތޮޅަށް އިއްޔެ ކުރެއްވި ދަތުރާއި މިއަދު ބ. އަތޮޅަށް ފެށި ދަތުރާ ގުޅިވައިގެން އޭނަ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ވެސް ފެންނަމުން ދަނީ ތިލަފަތަށް ރައްޔިތުން ވޯޓު އަޅާނެ މަންޒަރު ކަމަށެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ރަށްރަށުގެ އިހުތިސާސް ވަކިކޮށް، އެފަދަ ސަރަހައްދުތަކުން ސީދާ ކައުންސިލްތަކަށް ނަފާ ހޯދުމަށް މަގުފަހިވުން ވެގެެން ދިޔުމަކީ މާލީ މިނިވަންކަން ކައުންސިލްތަކަށް ލިބިދިން ކަމެއް ކަމަށާއި އެފަދަ ތަސައްވުރަކާއެކު އިންތިހާބުގައި ވާދަ ކުރަނީ އެމްޑީޕީގެ ކެންޑިޑޭޓުން އެކަނި ކަމަށެވެ.
ރ. ވާދޫ، މާކުރަތު، ދުވާފަރު، ފައިނު، މީދޫ އަދި މަޑުއްވަރީގެ އެމްޑީޕީ މެންބަރުން އިއްޔެ އަޅުގަނޑުމެންނަށް ވިދާޅުވި މަރުހަބާ އާއި ބެހެއްޓެވި ގާތް ކަމަށް ޝުކުރު ދަންނަވަން.
ރަށްރަށުގެ އިހުތިސާސް ވަކިކޮށް، އެފަދަ ސަރަހައްދުތަކުން ސީދާ ކައުންސިލަށް ނަފާ ހޯދުމަށް މަގުފަހިވުން… pic.twitter.com/n63ShdvhrI
— Fayyaz Ismail (@faya_i) February 15, 2026
އެހެންވެ އެ ޕާޓީން އަންނަނީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އަށް ވޯޓް ނުދިނުމަށް ގޮވައިލަމުންނެވެ. އެމްޑީޕީން ބުނަމުން އަންނަނީ އެ ޕާޓީ އަށް ރައްޔިތުން ވޯޓް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ސަރުކާރަކީ ވެސް ދޮގާއި މަކަރާއި ހީލަތުގެ ސަރުކާރެއް ކަމަށެވެ.
އަދި ތަރައްގީގެ މަޝްރޫތައް ކުރިއަށް ދާނީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓް ދީގެން ކަމަށް އެ ޕާޓީގެ ލީޑަރުންނާއި ކެންޑިޑޭޓުން ބުނަމުން އަންނަ އިރު، ރައްޔިތުން އެކަމާ ފުންކޮށް ވިސްނައި، ނޫނެކޭ ބުނަން ޖެހޭ ކަމަށް އެމްޑީޕީން ބުނެ އެވެ.
ރައްޔިތުން ވޯޓް ދޭނީ ތިލަފަތަށް، ފެންނަނީ އެ މަންޒަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ