މިސްކިތްތަކުގައި ނަމާދަށް ތިބޭ މީހުން މަސައްކަތްކުރަމުން އެގެންދަނީ ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރުމަށެވެ. ޤުރްއާން ކިޔެވިނަމަވެސް އެއަޑު އިވުމުން މީހުންނަށް ޚުޝޫޢަތްތެރިވާން އުނދަގޫތަކެއްވާނެއެވެ. ސިކުނޑިއަށް އެއަޑު ސަމާލުކަމަށް އައުމުން ނަމާދުގައި ކިޔާތަކެއްޗަށް ދޭންޖެހޭ ސަމާލުކަން ކުޑަވެގެންދާނެތީއެވެ.
ހަމަ އެއާއިއެކު މައުމޫމުން އެހެން މީހުންނަށް އަޑުއިވޭވަރަށް ބާރަށް ކިޔެވުމެއް ނެތެވެ. އެއީވެސް އަނެކާގެ ނަމާދަށް އުނދަގޫވެގެންދާނެ ކަމަކަށްވާތީއެވެ. ތިމާ ކުރާކަމަކުން އެހެން މީހުންގެ ނަމާދަށް އުނދަގޫވާނަމަ އެކަމުގެ ޒިންމާ އުފުލަން އެމީހަކަށް ޖެހޭނެތީއެވެ.
ގިނަ ބައަކަށް މިކަންކަން ވަނީ ވަރަށް ބޮޑަށް އޮޅިފައެވެ. ސަމާލުކަމެއް ނުދެވެއެވެ. ހަމައެއާއިއެކު ތިމާގެ ފޯނު ރިންގްވުން ފަދަ ކަމެއް މެދުވެރިވެއްޖެނަމަ ރިންގ ކަނޑާލަން ޢިލްމުވެރިން ވިދާޅުވަނީވެސް މި ސަބަބަށްޓަކައެވެ. ޢިލްމުވެރިން ވިދާޅުވަނީ ތިމާ ނަމާދަށް ހުއްޓައި ފޯނު ރިންގްވެއްޖެނަމަ ނަގާފައި ކަނޑާލަންޖެހޭނެ ކަމަށެވެ. އަދި އެއީ ނަމާދުން ބޭރުވުންކަމަށްވެސް ނުވާނެ ކަމަށެވެ.
ވީމާ އެންމެ ރަނގަޅު ގޮތަކީ ނަމާދަށް ފެށުމުގެ ކުރިން ރިންގ ކަނޑާލުން ނުވަތަ ރިންގ ނުވާނެ މޯޑަކަށް ފޯނުލުމެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
ނަބިއްޔާ صلى الله عليه وسلم މިސްކިތުގައި އިޢުތިކާފަށް އިންނެވިއެވެ. ފަހެ ބައެއް ބޭކަލުން ބާރަށް ޤުރުއާން ކިޔަވާ އަޑު އެކަލޭގެފާނަށް އިވިވަޑައިގެންނެވިއެވެ. ފަހެ އެކަލޭގެފާނުގެ ފަރުދާކޮޅު ކަޝްފުކުރައްވާފައި ޙަދީޘްކުރެއްވިއެވެ.
«أَلَا إِنَّ كُلَّكُمْ مُنَاجٍ رَبَّهُ، فَلَا يُؤْذِيَنَّ بَعْضُكُمْ بَعْضًا، وَلَا يَرْفَعْ بَعْضُكُمْ عَلَى بَعْضٍ فِي الْقِرَاءَةِ»، أَوْ قَالَ: «فِي الصَّلَاةِ» [رواه أبو داود (1332) وصححه الألباني في صفة الصلاة (1 / 371)]
މާނައީ: “ދަންނާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ކުރެ ކޮންމެ މީހަކުވެސް އެ މުނާޖާ ދަންނަވަނީ އޭނާގެ ރައްބަށެވެ. ފަހެ އެއްބަޔަކު އަނެއް ބަޔަކަށް އުނދަގޫ ނުކުރާށެވެ. އަދި އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް އަޑުހަރުކޮށް ޤުރުއާން ނުކިޔަވާށެވެ.” ނުވަތަ ޙަދީޘްކުރެއްވިއެވެ. "ނަމާދުގައި ކިޔަވާއިރު" އެވެ. (އެބަހީ: އެއްބަޔަކު އަނެއް ބަޔަކަށް އުނދަގޫވާ ގޮތަށް ނަމާދުގައި ނުކިޔަވާށެވެ.)”
އަލްބަޣަވީ رحمه الله ވިދާޅުވިއެވެ.
"ކިޔެވުމުގައި ސުންނަތް ގޮތަކީ އެއީއެވެ. އަދި އިމާމުގެ ފަހަތުގައި ނަމާދުކުރާއިރު (މައުމޫމުން) ކިޔާ ޛިކުރުތައްވެސް އެފަދައެވެ. އެމީހެއްގެ އަމިއްލަ ނަފްސަށް އިވޭ ވަރަށް ކިޔަވާށެވެ. އަދި އޭނާއާ ޖެހިގެން ހުރިމީހާއަށް ވުރެ ބާރަށް ނުކިޔަވާށެވެ."
އިބްނު ޢަބްދުލް ބައްރު رحمه الله ވިދާޅުވިއެވެ.
"ހެޔޮކަމެއް ކުރާއިރުގައާއި ޤުރުއާން ކިޔަވާއިރު އެއް މުސްލިމަކު އަނެއް މުސްލިމަކަށް އުނދަގޫ ކުރުން ނަހީކުރައްވާފައިވާއިރު، އެ ނޫންކަމެއްގައި މުސްލިމަކަށް އުނދަގޫކުރުމުގެ ޙަރާމްކަން ބޮޑުވެގެންވެއެވެ."
https://dhisalafiyyah.net/article/39860
ތިމާގެ ސަބަބުން އަނެކާގެ ނަމާދަށް އުނދަގޫނުކުރުން- މިސްކިތުގަ ޛިކުރުކުރުމުގައާ ނަމާދުކުރުމުގަ ސަމާލުކަން އިތުރުކުރަންޖެހިފައިވާ ކަމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ