ކުޑަކުއްޖެއްގެ ދެ އަތް ބަނދެ ގަހެއްގައި އައްސާފައި؛ ފުލުހުން މައްސަލަ ބަލަނީ

އުތުރުގެ ރަށެއްގައި 8 އަހަރުގެ އަންހެންކުއްޖެއްގެ ދެ އަތް ބަނދެ، ގަހެއްގައި އައްސާފައި ހުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ތަފްސީލް - ކުޑަކުއްޖަކަށް އަނިޔާވެރިވެފައިވާ މި މަންޒަރު ވީޑިއޯކޮށް، މިއަދު މީހަކު ވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ.
އޭނާ ބުނިގޮތުގައި އެއީ މިއަދު މެންދުރު ހިނގި ކަމެކެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ކުޑަކުއްޖާ ގަހުގައި އައްސާފައި ހުރީ ދެ އަތް ފުރަގަހަށްވާ ގޮތަށް ބަނދެފަ އެވެ. ކުޑަކުއްޖާ އެއިން ސަލާމަތްވާން މަސައްކަތްކުރާތަން ވެސް ފެނެ އެވެ.
ފުލުހުން ބުނިގޮތުގައި އުމުރުން 8 އަހަރުގެ އަންހެންކުއްޖަކު ގަހެއްގައި ބަނދެ އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބި ކަރާމާތަށް އުނިކަން އަންނާނެ ފަދަ އަމަލެއް ހިންގި މައްސަލައެއް މިއަދު މެންދުރު ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ.
"މި މައްސަލައާ ގުޅިގެން، ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން ދަނީ ކުރަމުންނެވެ،" ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ