އީވީ އުޅަނދުތަކުގައި ފެހި ނަންބަރު ބޯޑު ޖަހަން 2 މަސް ދީފި

އިލެކްޓްރިކް (އީވީ) އުޅަނދުތަކުގެ ނަންބަރު ބޯޑު ފެހިކުލައަށް ބަދަލުކޮށް، ބޯޑުގެ ކުލަ ބަދަލުކުރަން 60 ދުވަސް ދީފި އެވެ.
ވީ ކިހިނެއް؟ - މި ބަދަލު ގެނައީ، 'އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދަށް' އިއްޔެ ގެނައި 7 ވަނަ އިސްލާހުގަ އެވެ.
އިލެކްޓްރިކް އުޅަނދަކީ އާންމުކޮށް ބޭނުންކުރާ ޕެޓްރޯލް ނުވަތަ ޑީސަލް އިންޖީނުގެ ބަދަލުގައި، ހަމައެކަނި ބެޓެރީގެ ހަކަތަ ބޭނުންކޮށްގެން ނުވަތަ އިލެކްޓްރިކް މޯޓަރެއް ބޭނުންކޮށް ދުއްވާ އުޅަނދުތަކެވެ.
ތަފްސީލް - އެ ގަވާއިދުގެ ރަޖިސްޓަރީކޮށްފައި ހުންނަ އުޅަނދުގައި ހަރުކުރަންޖެހޭ ނަންބަރު ބޯޑާއި އަކުރުތަކުގެ ކުލަތައް ބަޔާންކުރާ މާއްދާގެ (ރ)އަށް ގެނައި އިސްލާހުގައި ވަނީ، ވިޔަފާރި އުސޫލުން ބޭނުންކުރާ އަދި އަމިއްލަ ބޭނުންތަކަށް ބޭނުންކުރާ އިލެކްޓްރިކް އުޅަނދުތަކުގެ ކުލަ ބަޔާންކޮށްފަ އެވެ. މީގެ ކުރިން މިފަދަ ވެހިކަލުތަކުގެ ވެސް ނަންބަރު ބޯޑު ހުންނަނީ ކަޅުކުލައިގަ އެވެ.
އަލަށް ގެނައި އިސްލާހުގައިވާ ގޮތުން:
ވިޔަފާރި އުސޫލުން ބޭނުންކުރާ އިލެކްޓްރިކް އުޅަނދުތަކުގައި ބޭނުންކުރާ ނަންބަރު ބޯޑު ހުންނަންވާނީ ފެހިކުލައިގެ ބޯޑެއްގައި، ރީނދޫކުލައިގެ އަކުރުން ލިޔެފައި 
އަމިއްލަ ބޭނުންތަކަށް ބޭނުންކުރާ އިލެކްޓްރިކް އުޅަނދުތަކުގައި ނަންބަރު ބޯޑު ހުންނަންވާނީ ފެހިކުލައިގެ ބޯޑެއްގައި، ހުދުކުލައިގެ އަކުރުން ލިޔެފައި
މި އިސްލާހަށް އިއްޔެއިން ފެށިގެން އަމަލުކުރަން ފެށި ނަަމަވެސް، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގައި ރަޖިސްޓްރީކޮށްގެން މިހާރު ބޭނުންކުރަމުންދާ އިލެކްޓްރިކް އުޅަނދުތަކުން، ނަންބަރު ބޯޑުގެ ކުލަ ބަދަލުކުރަން 60 ދުވަސް ވަނީ ދީފަ އެވެ.
ދެން މި ގަވާއިދަށް ގެނައި މައިގަނޑު އިސްލާހަކީ ރަޖިސްޓްރީކުރުމުގެ މާއްދާގެ (ޅ)ގެ ފަހަތަށް އަކުރެއް އިތުރުކުރުމެވެ.
އެ މާއްދާގައި (ޅ)ގައި އޮންނަ ގޮތުން، ޑިޕްލޮމެޓިކް އިމިއުނިޓީގެ ތެރެއިން އިމްޕޯޓް ޑިއުޓީ ނުދައްކާ، ރާއްޖެ އެތެރެކޮށްފައިވާ އުޅަނދެއް، ޑިޕްލޮމޭޓަކަށް ނޫން އެހެން ފަރާތަކަށް ރަޖިސްޓްރީ ކޮށްދެވޭނީ އެ އުޅަނދަށް ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީ ދެއްކުމުންނެވެ. 
އެ މާއްްދާގެ ފަހަތަށް އިތުރުކުރި އަކުރުގައި ބުނެފައިވަނީ:
ސަރުކާރުގެ %50 ހިއްސާއަށް ވުރެ ބޮޑު ހިއްސާއެއް އޮންނަ ކުންފުނިތަކުގެ ތެރެއިން، އެ ކުންފުންޏެއްގެ މަގުސަދުތަކުގެ ތެރޭގައި ނުވަތަ މަސައްކަތްތަކުގެ ތެރޭގައި، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި މީހުން އުފުލުމާއި މުދާ އުފުލުމުގެ ހިދުމަތް ދިނުން ހިމެނިފައިވާ ކުންފުނިތަކަށް، އެ ކުންފުނީގެ ނަމުގައި އުޅަނދު ރަޖިސްޓަރީކޮށްދިނުމަށް އެ މާއްދާ ހުރަހެއް ނާޅާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ