15 މީހުންނާ އެކު ދަތުރުކުރި ދޯންޏެއްގައި ރޯވެއްޖެ

މާލެ ބޭރުގައި އޮތް ދޯންޏެއްގައި ރޯވެ ވަރަށް ބޮޑަށް އަނދަމުން އެބަ ދެއެވެ.ރޯވެ އަނދަމުން ދަނީ ކުރުނބާ މޯލްޑިވްސް ރިސޯޓް ކައިރިން ދަތުރު ކުރަމުންދިޔަ ޕްރެޝް ފްރޮމް ދަ ސީ ނަމަކަށް ކިޔާ ކަންނެލި ދޯންޏެއްގައެވެ.ފުލުހުން ބުނީ މި ހާދިސާގައި މީހުންނަށް އަނިޔާވެފައިވާ ކަމަށާއި އެ މީހުންނަށް ފަރުވާ ދޭން މާލެ ގެނައުމަށް ކުރުނބާ މޯލްޑިވްސްގެ ލޯންޗެއްގައި ދަތުރުކުރަމުން އަންނަ ކަމަށެވެ. އެކަމަކު މީހުންނަށް ވީ އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ. ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ އެ ދޯނީގައި ތިބީ 14 މީހުން ކަމަށާއި މި ހާދިސާގެ ރިޕޯޓް ލިބުނީ މެންދުރު ފަހު 2:54 ގައި ކަމަށެވެ. ސިފައިންނާއި ފުލުހުން ވެސް ބުނީ ހާދިސާ ހިނގި ސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ދޯނީގައި ފުރަތަމަ ރޯވެ އަލިފާން ފެންނަން ހުރީ އިންޖީނުގެއާ ދިމާލުން ކަމަށް ވިޔަސް މިހާރު ވަނީ މުޅި ދޯންޏަށް އަލިފާންގަނޑު ފެތުރިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ