ކުރީގެ ރައީސް، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވެރިކަމަށް ގެނައުމަށްޓަކައި ކެންޕޭން ފެށުމުގެ ގޮތުން ދާއިރާގެ ރައީސުންނާއި މަޝްވަރާ ކުރަން ފަށައިފިއެވެ.
މިކަން ހާމަކޮށް ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކެންޕޭން ހަރަކާތް ފެށުމުގެ ގޮތުން އއ އަދި އދ އަތޮޅުގެ ދާއިރާގެ ރައީސުންނާއި، ރަށްރަށުގެ ޕީޕީއެމްގެ އިސްކޮށް މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން މާލޭގައި ތިއްބެވި ބައެއް ބޭފުޅުންނާއެކު ރޭ ބައްދަލުކުރެވި، ކެންޕޭން ފެށުމުގެ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި މިހާރުގެ ސަރުކާރަށް ކާމިޔާބު ނުވާނެ ކަން އެނގުމުން ރައީސް ޔާމީން އަށް ވާދަ ނުކުރެއްވޭނެ ގޮތް ހެދުމަށް ސަރުކާރުން އެމަނިކުފާނަށް ނުހައްގު ހުކުމެއް ކޮށް ޖަލަށް ލާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.
ރައީސް ޔާމީންގެ ވަކީލުން ވިދާޅުވަމުން ގެންދަވަނީ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސް ކޮޅުގައި ރައީސް ޔާމީންގެ ނަންފުޅު އޮންނާނެ ކަމަށް ވިދާޅުވަމުންނެވެ.
ރައީސް ޔާމީންގެ މައްސަލައިގައި ސަރުކާރުން ޖުޑީޝަރީގެ ތެރެއަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވާފައިވާ ކަމަށް އެމަނިކުފާނުގެ ސަޕޯޓަރުން ތުހުމަތު ކުރެއެވެ.
ރައީސް ޔާމިން 2023: ކެންޕޭން ފެށުމުގެ ގޮތުން ދާއިރާގެ ރައީސުންނާއި މަޝްވަރާ ކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ