2 ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރާއްޖެއަށް ދެން އެތެރެކުރެވޭނީ ޚާއްޞަ ހުއްދައެއް ނަގައިގެން ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފި މޯލްޑިވްސް ސްޕެކްސް 2030″ އިނީޝިއޭޓިވް އިފްތިތާޙްކޮށްފި ގްރީންހައުސް ގޭސްގެ ދ

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ކުރިން، ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއަރޯ ބްރިޖަކާއި މަތިންދާބޯޓެއް ގުޅުވާލައި، ކާމިޔާބު ޓެސްޓުތަކެއް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރިއަށް ގެންގޮސްފިއެވެ.
މި ޓެސްޓުތަކަކީ އާ ޓާމިނަލްގެ ޚިދުމަތްތައް ރަސްމީކޮށް ދިނުމުގެ ކުރިން ކުރިއަށް ގެންދާންޖެހޭ އޮޕަރޭޝަނަލް ރެޑިނަސް އެންޑް އެއަރޕޯޓް ޓްރާންސްފަރ (އޮރާޓް) ޕްރޮސެސްގެ މުހިންމު ބައެކެވެ.
އާ ޓަރމިނަލްގެ ޚިދުމަތްތައް ދިނުމަށް ތައްޔާރުވުމުގެ ގޮތުން، ވަކި ތާވަލަކަށް ބަހާލައިގެން ތަފާތު ޓްރަޔަލްތައް މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ. މިގޮތުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް މަތިންދާބޯޓެއްގައި އެއަރޯ ބްރިޖު (ޕެސެންޖަރ ބޯޑިންގ ބްރިޖު – ޕީބީބީ) ގުޅުވާލައި، ކާމިޔާބު ޓެސްޓުތަކެއް ކުރެވުމަކީ، ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ބުނެއެވެ.
ޕީބީބީ އާއެކު މަތިންދާބޯޓުން ފައިބައިގެން ފަސިންޖަރުންނަށް ސީދާ ޓާމިނަލަށް ވަދެވޭނެއެވެ. މިކަމުގެ ސަބަބުން ފަސިންޖަރުން އުފުލަންޖެހޭ ދަތިތައް ކުޑަވެ، ވަގުތު ސަލާމަތްވެ، ރައްކާތެރިކަން ކަށަވަރު ކުރެވޭނެއެވެ.
މި ޓެސްޓުތަކަށްޓަކައި ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެއާބަސް އޭ330ގެ މަތިންދާބޯޓަކާއި އޭ320ގެ މަތިންދާބޯޓެއް ވަނީ ބޭނުންކޮށްފައެވެ. މި ޓްރަޔަލްގައި އާ ޓާމިނަލްގައި ގާއިމުކޮށްފައިވާ 12 އެއަރޯ ބްރިޖުގެ ތެރެއިން ދެ ބްރިޖެއް ވަނީ ކާމިޔާބުކަމާއެކު ބޭނުންކޮށްފައެވެ. މީގެ އިތުރުން، އާ ޓާމިނަލް އާއެކު ބޭނުންކުރަން ފަށާ އެޑްވާންސް ވިޝުއަލް ޑޮކިން ގައިޑިންގ ސިސްޓަމް (އޭވީޑީޖީއެސް) ވެސް ވަނީ ކާމިޔާބު ކަމާއެކު ޓެސްޓުކޮށްފައެވެ. އެމްއޭސީއެލްއިން ފާހަގަކުރި ގޮތުގައި މިއީ ދުބާއީ، ސިންގަޕޫރު އަދި ޔޫރަޕުގެ ބައެއް ގައުމުތަކުގެ އެއާޕޯޓްތަކުގައިވެސް ބޭނުންކުރާ، ދުނިޔޭގެ އެންމެ އެޑްވާންސް މި ސިސްޓަމް ރާއްޖޭގައި ބޭނުންކުރަން ފަށާ ފުރަތަމަ ފަހަރެވެ.
ވީއައިއޭގެ އާ ޓަމިނަލް ކުލަގަދަ ރަސްމިއްޔާތަކާއެކު ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައެވެ. އާ ޕެސެންޖަރ ޓަރމިނަލާއެކު، އަހަރަކު ޚިދުމަތް ދެވޭ ކެޕޭސިޓީ ގާތްގަނޑަކަށް 5 ގުނަ އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ