ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއް: ރައީސް ޑރ.މުއިއްޒު

ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ.މުއިއްޒު މިގޮތަށް ވިދާޅުވެފައިވަނީ، މިއަދު ފާހަގަކުަމުންދާ ޤައުމީ ކުތުބުހާނާގެ 80 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ޕޯސްޓްގައި ރައީސް ވަނީ ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާގެ 80 ވަނަ އަހަރީ ދުވަހާއި ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ، ދިވެހިރައްޔިތުންނަށް އަރިސްކުރައްވާފައެވެ. 
ޕޯސްޓްގައި ރައީސް ވިދާޅުވީ، ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއްކަމަށެވެ. އަދި ރައީސް ވަނީ، ލައިބްރަރީ ޚިދުމަތުގައި އަވަދިނެތި ބުރަކޮށް އުޅުއްވާ ހުރިހާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ އަރިސްކޮށް، ޝުކުރު ދަންނަވާފައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ކުރުބުހާނާ ވުޖޫދަށް އައިސްފައިވަނީ، 1940 ވަނަ އަހަރުގެ ތެރޭގައެވެ. ސްޓޭޓް ލައިބުރަރީގެ ނަމުގައި އޮތްނަމަވެސް، ޤައުމީ ކުތުބުހާނާގެ ނަމަށް ބަދަލުކުރީ 1982 ވަނަ އަހަރެވެ. ޤައުމީ ކުރުބުހާނާއަކީ ރާއްޖޭގައި މިވަގުތުހުރި އެންމެބޮޑު އެއް ލައިބުރަރީއެވެ. އެތަނުގައި އެކި ދާއިރާތަކުން ލިޔެފައި ހުންނަ ފޮތް ހުންނައިރު، ރާއްޖޭގެ ތާރީހުގައި ފެނިގެންދިޔަ އެތައް ހިދުމަތްތެރިންގެ ފޮތްތައް އެތަނުގައި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ