ވައިގެ މަގުން ގަހާއި ޖަނަވާރު އެތެރެކުރުމުގެ ކަންތައް ހަރުދަނާ ކުރަން އެއްބަސްވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތުގެ ދަށުން އެއާޕޯޓުގައި ހިދުމަތް ދޭ ސަރުކާރުގެ އެހެން އިދާރާތަކާ ގުޅިގެން ކަންކަން ހަރުދަނާކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - އެމްއޭސީއެލްއިން ބުނީ ރަސްމީ އެހެން އިދާރާތަކުން އެއާޕޯޓުގައި ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ސާވިސް އެގްރިމެންޓުތައް އެކުލަވާލުމުގެ ފުރަތަމަ އެއްބަސްވުން ހެދީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީއާ އެކު ކަމަށެވެ.
ތަފްސީލް - މިއީ، އެމްއޭސީއެލް އިން ބުނިގޮތުގައި، އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށް އެ ކުންފުނީގެ ހިދުމަތްތައް ބައްޓަންކޮށް އޮޕަރޭޝަނަލް އެފިޝިއަންސީ ހަރުދަނާ ކުރުމުގެ މަސައްކަތުގައި ހިމެނޭ ކަމެކެވެ. ހާއްސަކޮށް ވީއައިއޭގެ އާ ޓާމިނަލްއާ އެކު އެމްއޭސީއެލްގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެމްއޭސީއެލްއިން ބުނީ އެގްރިކަލްޗާ މިނިސްޓްރީއާ އެކު ސޮއިކުރި އެއްބަސްވުމާ އެކު ގަސްގަހާގެއްސާއި އެކި ޖަނަވާރުތައް ވައިގެ މަގުން އެތެރެކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ