ފީނަން ގޮސް އުޅުމުގެ ތެރޭގައި އަނެއްކާ ވެސް ފަތުރުވެރިއަކު މަރުވެއްޖެ

ފީނަން ގޮސް އުޅުމުގެ ތެރޭގައި ފަތުރުވެރިއަކު މަރުވި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މިދިޔަ އާދިއްތަ ދުވަހު ހިނގި މި ހާދިސާގައި މަރުވެފައިވަނީ، އެމެރިކާއަށް ނިސްބަތްވާ 47 އަހަރުގެ ފިރިހެނެކެވެ. އެމީހާ މަރުވެފައިވަނީ އދ. އަތޮޅުގައި ހުންނަ ރިސޯޓެއްގައި ފުއްޓަރު ފަރާތު ބޭރަށް ފީނަން ގޮސް އުޅެނިކޮށްކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ހާދިސާ ހިނގި ވަކި ސަބަބެއް ކަމާ ގުޅުންހުރި ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރާއްޖޭގައި މޫދަށް އެރި އުޅުމުގެ ތެރޭގައި ހިނގާ ހާދިސާތަކުގައި މަރުވާ ފަތުރުވެރިންގެ އަދަދު ކޮންމެ އަހަރަކު އަންނަނީ އިތުރުވަމުންނެވެ. އެ ގޮތުން ނިމިގެންދިޔަ 2024 ވަނަ އަހަރު 34 ފަތުރުވެރިއަކު ވަނީ ކަނޑުމަތީގައި ހިނގި ހާދިސާތަކުގައި މަރުވެފަ އެވެ.
މޫދުގައި ހިނގާދިޔަ އެކި ހާދިސާތަކުގައި މިދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޖުމުލަ 112 ފަތުރުވެރިން މަރުވެފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ