ދިވެހި އުފެއްދުންތައް ހިމާޔަތްކުރަން އިތުރު ގާނޫނުތައް ބޭނުންވޭ: އަޒާން
ރާއްޖޭގައި ގާނޫނުތައް ހެދި ނަމަވެސް އެ ގާނޫނުތައް ތަންފީޒުނުވާކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށާއި، އަމިއްލަ މުދަލާއި އުފެއްދުންތައް ހިމާޔަތްކުރުމަށް އަދިވެސް އިތުރު ގާނޫނުތައް ބޭނުންވާ ކަމަށް ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން މަރުޒޫގު މިއަދު ވިދާޅުވެއްޖެއެވެ. ސަރުކާރުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ޒާހިރު މިއަދު ހުށަހެޅުއްވި 'ޓްރޭޑްމާކްގެ ބިލަށް' ބަހުސްކުރައްވައި އަޒާން ވިދާޅުވީ ކޮޕީރައިޓްސްގެ ގާނޫނެއް އޮތުމުން އެފަދަ ބިލެއް މުހިންމު ނޫން ކަމަށް ބައެއް މެންބަރުން ވިދާޅުވި ނަމަވެސް އެއީ މުހިންމު ބިލެއް ކަމަށެވެ. ސަބަބަކީ ޓްރޭޑްމާކާއި ކޮޕީރައިޓް އަކީ މުޅިން ތަފާތު ދެ އެއްޗެއް ކަމަށާއި، ޓްރޭޑްމާކުން ހިމާޔަތްކޮށްދެނީ ބްރޭންޑް ކަމަށެވެ. އަދި ކޮޕީރައިޓުން ހިމާޔަތްކޮށްދެނީ އުފެއްދުންތެރި މަސައްކަތްތައް ކަމަށް އަޒާން ވިދާޅުވިއެވެ. ހަމައެއާއެކު ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވި އަނެއް ކަމަކީ ރާއްޖޭގައި އުފައްދާ ބައެއް އުފެއްދުންތަކަށް ހިމާޔަތްނުލިބޭ ވާހަކަ ކަމަށް އަޒާން ވިދާޅުވިއެވެ. އެ ޚިޔާލަށް ތާއީދުކުރައްވައި އަޒާން ވިދާޅުވީ ހަމައެކަނި ޓްރޭޑްމާކް ބިލަކުން ވެސް އެފަދަ ހިމާޔަތެއް ފުރިހަމައަކަށް ނުލިބޭނެ ކަމަށެވެ. "މިސާލަކަށް ކަނޑޫދޫ މިރުސް މިހާރު އެބަ ގެނޭ ސްރީލަންކާގައި ހައްދައިގެން ރާއްޖެ އެބަ އެތެރެކުރޭ. ޓްރޭޑްމާކް ބިލަކުން އެކަނި އެކަމަށް ހިމާޔަތެއް ނުލިބޭނެ،" ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން މަރުޒޫގު "ބްރޯޑާ އިންޓަލެކްޗުއަލް ޕްރޮޕަޓީ ގާނޫނެއް އެބަޖެހޭ އެފަދަ އުފެއްދުންތަކަށް ވެސް ހިމާޔަތްލިބިދޭ ގޮތަށް އޮންނަން. މިސާލަކަށް އިޓަލީގެ ބައެއް ތަންތާ އުފައްދާ ޗީޒް، އެ ޗީޒްއަށް ނަން މިކިޔަނީ އެ އުފައްދާ ސަރަހައްދަކާ ގުޅުވައި. ހަމައެގޮތަށް ރާއްޖޭގައި މިކިޔަނީ ކަނޑޫދޫ މިރުސް،" ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން މަރުޒޫގު އެފަދަ އުފެއްދުންތަކަށް ހިމާޔަތް ލިބޭނީ އިތުރު ގާނޫނުތައް ވެސް އައިސްގެންކަން ފާހަގަކުރައްވައި އަޒާން ވިދާޅުވީ މިހާރު ރާއްޖޭގައި ނެތް އެއްޗަކީ 'ޕޭޓެންޓް' ގާނޫނެއް ކަމަށެވެ. އެފަދަ ގާނޫނަކުން ހިމާޔަތް ދެނީ އާ އުފެއްދުންތަކަށް ކަމަށް އަޒާން ވިދާޅުވިއެވެ. "އެހެންވީމަ ޓްރޭޑްމާކް ބިލަކާ އެއްކޮށް އަޅުގަނޑު ގަބޫލުކުރަނީ ޕޭޓަންޓް ގާނޫނެއް ވެސް އަންނަން އެބަޖެހޭ. އަދި އިންޑަސްޓްރިއަލް ޑިޒައިންތަކަށް ޓްރޭޑް ސީކްރެޓްތައް ހިމާޔަތްކުރެވޭނެ ގާނޫނުތައް ވެސް އަންނަން އެބަޖެހޭ. މި ހުރިހާ ގާނޫނުތައް އެއްކޮށް އައިސްގެން ނޫނީ އަޅުގަނޑުމެން މި ހާސިލުކުރަން ބޭނުންވާ މަގުސަދު ހާސިލެއްނުވާނެ،" ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން މަރުޒޫގު ކަންބޮޑުވުން ފާޅުކުރައްވައި އަޒާން ވިދާޅުވީ މިހާރު ވެސް ތަންފީޒުނުކުރެވޭ ވަރަށް ގިނަ ގާނޫނުތައް އެބަހުރި ކަމަށެވެ. މިސާލެއްގެ ގޮތުގައި ނެންގެވީ ކޮންޒިއުމާ ޕްރޮޓެކްޝަން ގާނޫނެވެ. އެ ގާނޫނު އޮތް ނަމަވެސް އެ ތަންފީޒުކުރަންޖެހޭ ގޮތަކަށް ތަންފީޒެއް ނުކުރެވޭ ކަމަށް އަޒާން ވިދާޅުވިއެވެ. https://sun.mv/208566 ޓްރޭޑްމާކް ބިލު ހުށަހެޅުމުގެ ބޭނުމަކީ އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމުކުރުމަށްޓަކައި ޓްރޭޑްމާކް ރަޖިސްޓްރީކޮށްދިނުމާ ގުޅޭ ނިޒާމެއް ގާއިމުކުރުމެވެ. އަދި, ކަމާ ގުޅޭ މައިގަނޑު އުސޫލުތައް ކަނޑައަޅައި، ރަޖިސްޓްރީކުރެވޭ ޓްރޭޑްމާކާ ގުޅިގެން ޓްރޭޑްމާކްގެ ވެރިފަރާތްތަކަށް ލިބޭނެ ހައްގުތަކުގެ ދާއިރާ ބަޔާންކުރުމާއި، ޓްރޭޑްމާކްގެ ހައްގަކަށް އަރައިގަންނަ އަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތައް ބަޔާންކުރުމެވެ. 'ޓްރޭޑްމާކް'އަކީ އެއް ފަރާތުގެ މުދާ ނުވަތަ ޚިދުމަތްތައް އަނެއް ފަރާތުގެ މުދަލާއި ޚިދުމަތްތަކާ ތަފާތުކުރާ ނިޝާނެވެ. އެގޮތުން، އަމިއްލަ ނަން، ނުވަތަ އަކުރު، ނުވަތަ ނަންބަރު، ނުވަތަ ފިގަރެޓިވް އެލެމެންޓްތަކާއި ކުލަތަކުގެ ތަފާތު އެތުރުންތަކާއި އެފަދަ ނިޝާންތަކުގެ ތަފާތު އެތުރުން ހިމެނެއެވެ. ޓްރޭޑްމާކްގެ އެކްސްކްލޫސިވް ހައްގު ލިބޭނީ ގާނޫނުގައިވާ ގޮތުގެ މަތީން އެ މާކް ރަޖިސްޓްރީކުރުމުންނެވެ. ބިލުގައިވާ ގޮތުން ރާއްޖޭގައި ޓްރޭޑްމާކެއް ރަޖިސްޓްރީކޮށްދޭނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި، މި މުއްދަތު ހަމަވުމުން އިތުރު 10 އަހަރަށް އިތުރުކުރުމުގެ ފުރުސަތު އޮންނާނެއެވެ. މި ބިލުގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 100،000 ރުފިޔާއާއި، 2،000،000 ރުފިޔާއާ ދެމެދުގެ އަދަކަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ