ހިއްކުނު މިންވަރު ބަލަން އެމްޑީޕީގެ ޕީޖީ މެންބަރުން ރަސްމާލެއަށް

ރަސްމާލޭގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބަލަން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕީޖީ ގްރޫޕުން އެތަނަށް މިއަދު ހިނގައްޖެ އެވެ.ރަސްމާލޭގައި މިއަދު ހުންނަވައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނަޒިލް ވިދާޅުވީ ރަސްމާލެއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެއް ކަމަށެވެ. އެކަމަކު މިފަދަ ބޮޑެތި މަޝްރޫއުތަކުގެ މައުލޫމާތު ސަރުކާރުން ނުދޭތީ ރަސްމާލެއަށް ގޮސްގެން މަސައްކަތް ކުރިއަށްދާ ގޮތް ބަލަން މަޖުބޫރުވީ ކަމަށް ވިދާޅުވި އެވެ.ނާޒިލް ވިދާޅުވީ ރަސްމާލެ ހިއްކުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ތަރީހްތަކެއް ކަނޑައަޅައިގެން ކަމަށްވީ ނަމަވެސް ތާރީހްތަކާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ. އެހެންވެ މިމަޝްރޫއަށް ފައިނޭންސް ކުރާ ގޮތް ބަލަން ބޭނުންވާ ކަމަށާއި އެކަމަކު އެ މައުލޫމާތުވެސް ސަރުކާރުން ނުދޭ ކަމަށް ވިދާޅުވި އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން ރަސްމާލެ އާބާދުކުރާނެ ކަމަށް ސަރުކާރުން ބުންޏަސް އެކަން ނުވާނެ ކަމަށް ނާޒިލް ވިދާޅުވެ އެވެ.ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ރަސްމާލެއަށް ދިޔައީ މައުލޫމާތު ލިބޭނެ އެއްވެސް ގޮތެއް ނުލިބުމާ ގުޅިގެން މަސައްކަތް ކުރިއަށްދާ ގޮތުގެ ދުވެލި ބަލާލުމަށް ކަމަށެވެ. ރަސްމާލެ އަކީ ރައީސް މުއިއްޒު ދިވެހިންނަށް ދައްކުވައިދޭ ބޯހިޔާވަހިކަމުގެ މައްސަލައަށް އޮތް ހައްލު ކަމަށްވާތީ އެ މަސައްކަތަށް ހަރަދު ކުރެވޭ ގޮތާއި އެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު އެނގެންޖެހޭނެ ކަމަށް ވިދާޅުވި އެވެ."އަޅުގަނޑުވެސް ﷲ އިރާދަކުރެއްވިއްޔާ ދިރިއުޅެން އަންނާނީ މި ތަނަށް. މިތަން ނިމުނުހާ އަވަހަށް،" މައުރޫފް ވިދާޅުވި އެވެ. ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓެ) ވިދާޅުވީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މި ދަތުރާ އެކު، ރަސްމާލޭގެ މަސައްކަތް ސަރުކާރުން އަވަސްކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. ސްޕީޑު މިއަށް ވުރެ އަވަސް ކޮށްގެން ނޫނީ މި ސަރުކާރުގެ ބާކީ އޮތް މުއްދަތުގައި ރަސްމާލޭގައި މީހުން އާބާދު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ."އަޅުގަނޑުމެންގެ މި ދަތުރާ ގުޅިގެން މި އަށް ވުރެ އަދި ސްޕީޑު ބާރުކުރާނެ. އެހެންޏާ އެ ކަންކަން ވޭ، އިންތިހާބު ކައިރި ވީމާ އަވަސްވޭ ނޫނީ އަޅުގަނޑުމެން ޕްރޮޖެކްޓެއް ނުހިނގާ ވާހަކަ ކީމަ،" އޭނާ ވިދާޅުވި އެވެ.އިކޯ ސިޓީއެއްގެ ގޮތުގައި ރަސްމާލެ ތަރައްގީކޮށް، 11،000 ގޯއްޗާއި 26،000އަށް ވުރެ ގިނަ ފްލެޓް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއެވެ. އެގޮތުން:މިއީ ބިމުގެ ބޮޑު މިނަށް ބަލާ ނަމަ، ހުޅުމާލެ ފޭސް 2 ހިމެނޭހެން ހުޅުމާލޭގެ ތިން ގުނަ ބޮޑު ސިޓީއެއް ގެދޮރުވެރިކަމުގެ އިތުރުން، ފުށިދިއްގަރުފަޅު ޕްލޭންކޮށް ތަރައްގީ ކުރަނީ ވިޔަފާރިތަކަށާއި އިންޑަސްޓްރިއަލް އެކި ބޭނުންތަކަށް އަދި ޓޫރިޒަމްގެ އެކި ކަންކަން ވެސް ހިމަނައިގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ