ހަތަރެއް ގުނަ ސަތޭކަ މީޓަރު މިކްސްޑް މެޑްލޭ ރިލޭ އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި އެވެ.
ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22 ވަނަ ދުނިޔޭގެ ފެތުމުގެ މުބާރާތުގެ ވާދަކޮށް ދިވެހި ފެތުންތެރިން މި ރެކޯޑް އާކުރީ 04:40.23 އިން ރޭސް ނިންމައިގެންނެވެ.
ގައުމީ މިކްސް މެޑްލޭ ރިލޭ ޓީމުގައި ހިމެނޭ ފެތުންތެރިންނަކީ އަމްނާ ތަޒްކިޔާ މިރުޝާދު، މުހައްމަދު އާން ހުސައިން، މުހައްމަދު ރިހާން ޝިހާމް އަދި މެރާލް އައިން ލަތީފް އެވެ.
ހަތަރެއް ގުނަ ސަތޭކަ މީޓަރު މިކްސްޑް މެޑްލޭ ރިލޭ އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން ހަދާފައިވަނީ މިދިޔަ އަހަރު ކުރިއަށްދިޔަ ދުނިޔޭގެ ފެތުމުގެ މުބާރާތުގަ އެވެ. އެ ފަހަރު ރެކޯޑް ހެދީ 04:41.83 އިން ރޭސް ނިންމައިގެންނެވެ.
މިިދިޔަ އަހަރުގެ މުބާރާތުގައި ރެކޯޑް ހެދި ޓީމުގައި ހިމެނުނު ފެތުންތެރިންނަކީ، ހަމްނާ އަހުމަދު، މުބާލް އައްޒާމް އިބްރާހީމް، ރިހާން އަދި އައިޝަތު އުލްޔާ ޝާއިގު އެވެ.
މި ފަހަރުގެ ދުނިޔޭގެ ފެތުމުގެ މުބާރާތުގައި މީގެ ކުރިން، ރާއްޖޭގެ އެތުލީޓުން ވަނީ ހަތަރު ރެކޯޑް އެއް ހަދައިފަ އެވެ. އެއީ، 200 މީޓަރު ބަޓަފްލައި އިވެންޓުގައި ވާދަކޮށް، ރިހާން ހެދި ގައުމީ ރެކޯޑް އާއި، އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގައި ވާދަކޮށް ތަޒްކިޔާ ހެދި ގައުމީ ރެކޯޑާއި ފިރިހެނުންގެ ލޯންގް ކޯސް 100 މީޓަު ފްރީސްޓައިލް އިވެންޓުގައި އާން ހެދި ރެކޯޑްގެ އިތުރުން އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގައި ވާދަކޮށް މެރާލް ހެދި ގައުމީ ރެކޯޑް އެވެ.
ސަތޭކަ މީޓަރު މިކްސް ރިލޭގެ ގައުމީ ރެކޯޑް އާކޮށްފި ސަތޭކަ މީޓަރު މިކްސް ރިލޭގެ ގައުމީ ރެކޯޑް އާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ