މި އަހަރުގެ ދެވަނަ ކުއާޓަރުގައި ވެސް އެމްއައިބީއަށް ބޮޑު ކުރިއެރުމެއް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ވެސް އެމްއައިބީއަށް ބޮޑު ކުރިއެރުމެއް

މި އަހަރުގެ ދެވަނަ ކުއާޓަރުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ސާފު ފައިދާގެ ގޮތުގައި 182.97 މިލިއަން ރުފިޔާ ލިބި، ވިޔަފާރީގެ މުހިންމު ދާއިރާތަކުން ބޮޑު ކުރިއެރުމެއް ހޯދައިފި އެވެ.
އެމްއައިބީން ބުނީ ފުރަތަމަ ކުއާޓަރު ނިމުނުއިރު 10 ބިލިއަން ރުފިޔާގައި ހުރި ޑިޕޮޒިޓް ދެވަނަ ކުޓާރުގައި 11 ބިލިއަން ހުރަސްކޮށް، ޖުމްލަ 6.57 އިންވެސްޓް އެ ބޭންކުން ކޮށްދީފައިވާ ކަމަށެވެ.
ބޭންކުގެ އެސެޓް ބޭސް އަދި ޑިޕޮސިޓް ބޭސް، ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު އެއް ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް އެމްއައިބީން ބުންޏެވެ.
މީގެއިތުރުން މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު އެމްއައިބީގެ އެސެޓް ވެލިއު 12.49 ބިލިއަން ރުފިޔާގައި ހުރިއިރު، ދެވަނަ ކުއާޓަރުގައި އެ އަދަދު 13.45 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފަ އެވެ.
ދެވަނަ ކުއާޓަރުގައި އެމްއައިބީގެ އިންޓަނެޓް އަދި މޮބައިލް ބޭންކިން މުއާމަލާތްތަކުގެ އަދަދު 12 މިލިއަނުން 14.9 މިލިއަނަށް އިތުރުވި އެވެ. އަދި ކާޑުގެ މުއާމަލާތްތައް 1.89 މިލިއަނުން 2.29 މިލިއަނަށް އިތުރުވި ކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ.
އެމްއައިބީއަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލްފްލެޖް އިސްލާމިކް ބޭންކެވެ. އެ ބޭންކުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެބޭންކުގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރަށް ރާއްޖޭގެ އެންމެ ޒަމާނީ ބޭންކިން ހިދުމަތް ދިނުމުގެ ގޮތުން އެމްއައިބީއަށް ނުގޮސް ވަގުތުން އެކައުންޓު ހުޅުވުމާއި، އެބޭންކުގެ ހުރިހާ ހިދުމަތަކަށް އޮންލައިންކޮށް އެދެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ