ވައިކަރަދޫ ދާއިރާގެ މެމްބަރު ފިއްޓެ ޕީއެންސީ އިން ވަކިވެއްޖެނަމަ، މަޖިލީހުން ވަކި ކުރުމަށް ރައީސް މުއިއްޒު ޕީއެންސީ އަށް އަންގަވައިފިއެވެ. ޕީއެންސީ އަށް ފިއްޓޭ ވައްދާފައި ވަނީ ވަގު ފޯމު ފުރައިގެންނެވެ.
ރައީސް މުއިއްޒު މިގޮތަށް މިކަން ޕީއެންސީއަށް އަންގާފައިވާއިރު، ޕީއެންސީ އަށް ފިއްޓެ ވައްދާފައިވަނީ ވަގު ފޯމު ފުރައިގެން ކަން، ސާބިތު ނުކުރެވޭނެ ކަމަށާއި، އެކަން ފުލުހަށްވެސް، އަދި އީސީއަށް ކުރަން ނުކެރޭނެ ކަމަށް މުއިއްޒު ވިދާޅުވި ކަމަށް ވެއެވެ. އެހެންކަމުން އެމްޑީޕީއިން އެއީ ވަގު ފޯމެއް ކަމަށް ބުނި ނަމަވެސް، އެކަން އެމްޑީޕީއަށް ސާބިތު ކޮށް ނުދެވޭނެ ކަމުގެ ޔަގީން ކަން، ޕީއެންސީގެ އިސްފަރާތްތަކަށް ލިބިފައިވާ ކަމަށާއި، ކޯޓު މަރުހަލާއަކަށް ދިޔަނަމަވެސް، ފޮރެންސިކް އެވިޑެންސް ނެތި އެމްޑީޕީއާއި އެއްކޮޅަށް އެކަން ނުނިންމޭނެ ކަމަށް މިކަމާއި ގުޅިގެން ޕީއެންސީ އަށް މައުލޫމާތު ދިން ފަރާތުން ހާމަ ކުރިއެވެ.
ވައިކަރަދޫ ދާއިރާގެ މެމްބަރު ފިއްޓެ ޕީއެންސީއަށް ވަގު ފޯމު ފުރައިގެން ވައްދާފައިވަނީ، އޭނާ އަކީ އެމްޑީޕީގައި ޕޯޑިއަމް ތަކުގައި އާއި، މަޖިލީހުގެ ތަޅުމުގައި ސަރުކާރާއި ދެކޮޅަށް އެންމެ ބޮޑަށް ބަހުސް ކުރައްވާ ފަރާތަށް ވާތީ، އޭނާ އަށް “ލަނޑެއް” ދިނުމުގެ ނަމުގައި ކަމަށް ޕީއެންސީ ލީޑަރޝިޕުން ވާހަކަ ދައްކާފައިވާ ކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިފައިވެއެވެ.
ރައީސް މުއިއްޒު އިލެކްޝަން ކޮމިޝަންގެ ބާރުތައް ޤާނޫނު ބަދަލުކޮށް ރައްޔިތުންގެ ކިބައިން ފޭރިގަނެފައި ވާއިރު، ފުލުހުން ވަނީ ދާދި ފަހުން، އެޗްޑީސީ އެމްޑީ ފަޒުލް އާއި، އެޗްޑީސީގެ ބޯޑުގެ މެމްބަރުން ހިންގާފައިވާ ބޮޑެތި ވައްކަންތައް އާންމު ރައްޔިތުންނާއި ހަމައަށް ތިލަވުމުންވެސް، އެއިން އެއްވެސް މައްސަލައެއް ބެލުމަށް ދެކޮޅު ހަދާފައެވެ. ފުލުހުން ބަލަމުން ދަނީ ފަޒުލްގެ ބޭބެ އެއްގެ މައްސަލަ އެކަންޏެވެ. ވައްކަން ކޮށް، ވައްކަން ރާވައި، ހިންގި، އެޗްޑީސީގައި ތިބި ސިޔާސީ ވެރިންގެ އެއްވެސް މައްސަލައެއް ފުލުހުން ނުބެލުމުން، ފުލުހުންގެ މުއައްސަސާގެ މިނިވަންކަން ގެއްލި އަޅުވެތިވެފައިވާ މިންވަރު ފެނިގެން ދެއެވެ.
މަޖިލީހުގައި ބާކީ ތިބި އެމްޑީޕީގެ 12 މެމްބަރުންގެ ތެރެއިން އިތުރު ބަޔަކުވެސް މިފަދައިން ވަގު ފޯމު ހަދައި، ޕީއެންސީއަށް ވައްދައި، ޕީއެންސީ އިން ވަކި ކުރުމަށް މަސައްކަތް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.
ރައީސް މުއިއްޒު މަޝްހޫރުވެފައި ވަނީ، ހުރިހާ ކަމެއްގައި ދޮގު ހަދާ، ވައްކަން ކުރާ މީހެއް ގޮތުގައެވެ. މި ގޮތުން ރައީސް މުއިއްޒަށް “ކައްޒާބު”ގެ ނަމުން ނަން ދެވި، އާންމުންގެ ތެރޭ މިނަން މަގުބޫލުވެގެން ގޮސްފައިވެއެވެ. ރައީސް މުއިއްޒަށް ތާޢީދު ކުރާނެ ބަޔަކު ނެތުމުން، އެތައް ހާސް ފޯމެއް ވަނީ ވަގަށް ފުރައިގެން ޕީއެންސީ އަށް މީހުން ވައްދާފައެވެ.
ބްރޭކިންގ: ވައިކަރަދޫ ދާއިރާގެ މެމްބަރު ފިއްޓެ ޕީއެންސީ އިން ވަކިވެއްޖެނަމަ، މަޖިލީހުން ވަކި ކުރުމަށް ރައީސް މުއިއްޒު ޕީއެންސީ އަށް އަންގައިފި! ޕީއެންސީ އަށް ފިއްޓޭ ވައްދާފައި ވަނީ ވަގު ފޯމު ފުރައިގެން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ