ހުރިހާ ސަރުކާރު ސްކޫލުތަކެއްގެ ކުލަ، ހަތަރު ކުލައަކަށް ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އެޑިއުކޭޝަނުން ބުނި ގޮތުގައި، ޔުނީފޯމަށް ބަދަލު ގެންނާނީ 2027 އަހަރުން ފެށިގެންނެވެ. އެހެންވެ، މި އަންނަ އަހަރުގެ ޔުނީފޯމަށް ބަދަލެއް ނާންނާނެ އެވެ.
ތަފްސީލް - އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ޔުނީފޯމު ބަދަލު ކުރަން ނިންމި ހަތަރު ކުލައަކީ:
ފެހި
ރަތް
ހުދު
ނޫ
ކުލަތައް ގުޅުވާލާފައިވަނީ ދިވެހި ދިދައިގެ ކުލަތަކަށާއި އެޑިއުކޭޝަން މިނިސްޓްރީގެ ރަސްމީ ކުލައާ އެވެ.
"ދެން ސްކޫލުތަކަށް އިހްތިޔާރު މިދެނީ ކޮން ކުލައެއްކަން ޗޫސް ކުރާނީ،" އޮފިޝަލް ވިދާޅުވި އެވެ.
"ދެން މީގެ އިތުރުން، ފަޓުލޫނާއި ސްކާޓުގެ ކުލައިގެ ގޮތުގައި ކަޅާއި ކަޅުނޫކުލަ ހަމަޖެއްސީ. އެތަނުން ބޭނުން ކުލައެއް އިހްތިޔާރު ކުރުމުގެ ބާރު ސްކޫލަކަށް އޮންނާނެ."
އޮފިޝަލް ވިދާޅުވީ ރާއްޖޭގެ ގިނަ ސްކޫލުތަކުގައި މިހާރު ވެސް މި ކުލަތައް ބޭނުން ކުރާ ކަމަށާއި އެހެންވެ، އެ ސްކޫލުތަކުން ކުލަ ބަދަލު ކުރަން މަޖުބޫރުނުވާނެ ކަމަށެވެ.
ކުލައިގެ އިތުރުން ޔުނީފޯމު އަޅާގޮތަށް ބަދަލު ގެންނަން ނިންމައި އެކަމުގައި އިހްތިޔާރުތަކެއް ވަނީ ދީފަ އެވެ. އެގޮތުން:
ކީ ސްޓޭޖް 2-5ގެ ފިރިހެން ދަރިވަރުން ރަސްމީ ޔުނީފޯމާއެކު ފަޓުލޫނު ލާއިރު، އަންހެން ދަރިވަރުން ވެސް ފަޓުލޫނު ބޭނުންކުރުން
އަންހެން ދަރިވަރުން ބޭނުން ނަމަ ސްކާޓު ވެސް ލެވޭނެ
ކީ ސްޓޭޖް 2 އިން ފެށިގެން މަތީގެ ދަރިވަރުން ޓައި ބޭނުން ކުރުން
މިހާރު ގިނަ ސްކޫލުތަކުގައި އަންހެން ދަރިވަރުންގެ ހެދުމަކީ ގަމީހާއި ސްކާޓެވެ. ސްކާޓާ އެކު ހަރުވާޅު ބޭނުން ކުރުމުގެ ހުއްދަ އޮތް ނަމަވެސް، ސްކާޓުލުން މަޖުބޫރެވެ.
ސްކޫލުތަކުގެ ޔުނީފޯމު 2027 އިން ފެށިގެން 4 ކުލައަކަށް ބަދަލުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ