ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭ ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި ގިރާވަރުފަޅު އެއްކޮށް ހިއްކައި ނިމޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލެ ސަރަހައްދުގައި ހިއްކަން ފަށައި ނުނިމި ހުރި ހުޅުމާލެ ފޭސް ތިނެއް، ގިރާވަރުފަޅު ހިއްކުން ހަވާލުކޮށްފައިވަނީ އެއާޕޯޓު ހިންގަން އުފައްދާފައި އޮތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ އެވެ. ބެލެވޭ ގޮތުގައި މި މަޝްރޫއުތަކަށް ދައްކަން ޖެހޭ ފައިސާ ހުރި ސަރުކާރުގެ ހަމައެކަނި ކުންފުންޏަށް ވާތީ އެވެ.
މުއިއްޒު މިއަދު އެކްސްގައި ލިޔުއްވި ގޮތުގައި އަންނަ މަހުގެ ނިޔަލަށް ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކައި ނިމޭނެ އެވެ. އަދި އެއަށް ފަހު ގިރާވަރުފަޅުގެ މަސައްކަތް ކުރިއަށް އޮތް ތިން ހަފްތާ ތެރޭ ނިމޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މި ހުރިހާ ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފައިވާތާ އެތައް މަހެއް ފަހުން ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކަން ފެށީ ނޮވެމްބަރު 10، ގަ އެވެ.
އެ މަސައްކަތް ފެށީ "އޮރެންޖް" ނަމަކަށް ކިޔާ 22،000 ކިއުބިކް މީޓަރުގެ ވެލި ނެގޭ ޑްރެޖަރަކުންނެވެ. މަސައްކަތް އަވަސް ކުރަން ގެނައީ ވެސް ހަމަ އެވަރުގެ ޑްރެޖަރެއް ކަމަށްވާާ "ޕްރިންސް ޑަ ނެޑަލަންޑެން" އެވެ. މިއީ ބޮސްކާލިސްގެ ދެ ޑްރެޖަރެވެ.
ފޭސް ތިނެއްގެ ގޮތުގައި ހުޅުމާލެ ފަޅުން ހިއްކަނީ ޖުމްލަ 64 ހެކްޓަރުގެ ބިމެވެ. އޭގެ ތެރެއިން މިހާތަނަށް 24 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ. ގިރާވަރުފަޅުގެ މަސައްކަތް ފަށާނީ މި މަޝްރޫއު ނިމުމުންނެވެ.
ގިރާވަރުފަޅުން 169 ހެކްޓަރު ހިއްކަން ހަވާލުކޮށްފައި އޮތް މަޝްރޫއުއަށް 50 ހެކްޓަރު އިތުރުކުރަން ނިންމައި އެ ފަޅު ހިއްކައި ނިމޭއިރު 219 ހެކްޓަރު ހުންނާނެ އެވެ. އޭގެ ތެރެއިން 90 ހެކްޓަރު ވަނީ މިހާރު ހިއްކާފަ އެވެ.
އެ ތަންތަނަކީ މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ މީހުންނަށް ގޯތި ދޫކޮށްފައިވާ ތަންތަނެވެ. ނަމަވެސް، މާލެ ސަރަހައްދުގެ މަޝްރޫއުތައް އެމްއޭސީއެލް އާއި ހަވާލުކުރިކަން ސަރުކާރުން އިއުލާނެއް ނުކުރެ އެވެ.
ކުރިއަށް އޮތް ތިން މަސް ތެރޭ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ނިމޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ ކުރިއަށް އޮތް ތިން މަސް ތެރޭ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ނިމޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ